English Edition
Dhivehi Edition

ދަބަންގް އިން ބެލުންތެރިންގެ ހިތްތައް ދަމައިގަތް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޮނާކްޝީ ސިންހާ އަދިވެސް ސިންގަލްއެވެ. ނަމަވެސް މިހާރު ސޮނާކްޝީ ދަނީ އޭނާ ކައިވެނި ކުރާނެ ފިރިހެނެއް ހޯދަމުންނެވެ.ސޮނާކްޝީ ވަރަށް ފަހުން ދިން އިންޓަވިޔުއެއްގައި ބުނީ އޭނާ ކައިވެނި ކުރަން ބޭނުން ވަނީ ކަންކަމަށް ފުރުސަތުދޭ މީހަކާ ކަމުގައެވެ.

ސޮނާކްޝީ މި އިންޓަވިއުގައި ބުނެފައިވަނީ ކައިވެނި ކުރާ އިރު ފިރިހެން މީހާ ވާން ވާނީ އޭނާއަށް ފުރުސަތުދޭ އަދި އޭނާގެ ކަންކަމަށް ނުހިފަހައްޓާ މީހެއް ކަމަށެވެ. މި އިންޓަވިއުގައި އޭނާ ދީފައިވަނީ އޭނާގެ ފޮޓޯ ތަކެއް އާންމުކުރި ބްރައިޑްސް ޓުޑޭ މެގަޒިންގެ އެޑިޓަރެއް ކުރި ސުވާލަކާ ގުޅިގެންނެވެ.ސޮނާޝްކީ ބުނީ ރިތިކް އަކީ އޭނާގެ ކްރަޝް އެއް ކަމަށާއި އެއީ ކަހޯނާ ޕްޔާރްހޭއިން އޭނާ އަށް ރީތިވިމީހެއް ކަމަށެވެ.

ސޮނާޝްކީ ވަނީ ކައިވެނި ކުރާ އުމުރުގެ އަންހެން ކުދިންނަށް ހާއްސަ މެސެޖެއްވެސް ދީފައެވެ. އެގޮތުން ކައިވެންޏެއް ކުރާ އިރު ނުބައި މަގުސަދަކަށް ކައިވެނި ނުކުރުމަށް އޭނާ ވަނީ ބުނެފައެވެ.އެ އިންޓަވިއުގެ ތެރެއިން ސޮނާކްޝީ ވަނީ ޓުޑޭ މެގަޒިންގައި އާންމު ކުރި ފޮޓޯ ތަކުގައި އޭނާ އާއެކު ފެނިގެންދިޔަ ވިކީ ކައުޝަލްއާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އަދި ވިކީ އަކީ މޮޅު އެކްޓަރެއް ކަމަށާއި އޭނާ އާއެކު ފިލްމެއް ކުޅެލަން ބޭނުން ވާ ކަމަށް ސޮނާކްޝީ ބުންޏެވެ.ސޮނާކްޝީ ދެން އެންމެ އަވަހަށް ފެންނާނީީ ސަލްމާން ހާން ލީޑު ރޯލު ކުޅޭ “ދަބަންގް 3” އިންނެވެ.