ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
މެންބަރު އަލީ ޝާހުގެ ގޮނޑި ގެއްލިފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޝާހުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި ބާކީ ތިބި ތިން މެމްބަރުންގެ ގޮނޑީގެ މައްސަލަ މިއަދު ނިންމަން ސުޕްރީމް ކޯޓުގައި ވަނީ ތާވަލުކޮށްފަ އެވެ.
ނުވަ މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެއިން އެއްވެސް މެމްބަރަކަށް ގޮނޑި ގެއްލޭ ފަދަ ހާލަތެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.