English Edition
Dhivehi Edition

މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ މަންމަ އަކަށް ވެއްޖެއެވެ.

ސާނިއާ އާއި ފިރިމީހާ ޝުއޭބް އަށް ދަރިޔަކު ލިބިފައި ވަކާން ޝުއައިބް ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. ޝުއޭބް ކުރި ޓްވީޓްގައި ބުނެފައިވަނީ، މިއަދު ފަތިހު ސާނިއާ ވިހަފައިވާ ކަމަށާއި ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި ދެމައިންގެ ހާލުވެސް ރަނަގޅުކަމަށާއި މިއަދު އޭނާ ޝުކުރުވެރިވާކަމަށް ޓްވީޓްގައި ބުނެފައި ވެއެވެ.

އުމުރުން 31 އަހަރުގެ އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސާނިއާ މިރްޒާ އާއި ޕާކިސްތާންގެ ކްރިކެޓް ކުޅުންތެރިޔާ ޝުއޭބް މަލިކް 36އ ކައިވެނި ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.

ކުޅިވަރުގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސާނިއާ ވަނީ ޓައިމްސް މެގަޒިން އިން 2016 ވަނަ އަހަރު ހޮވާފައިވާ ދުނިޔެއިން އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ވެސް ހިމެނިފައެވެ.

ސާނިއާ ވިހެއުމާގުޅިގެން ބޮލީވުޑްގެ އިތުރުން ކުޅިވަރު ދާއިރަގެ ފަންނާނުން ނާއި ސާނިއާ އަދި ޝުއޭބްގެ ރަހުމަތްތެރިން ދަނީ މިދެމަފިރިންނަށް ތަހުނިޔާގެ މެސެޖް ތައް ފޮނުވަމުންނެވެ.