English Edition
Dhivehi Edition

ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސް ބޯޓެއް މަރާމާތަށް ސްރީލަންކާއަށް ގެންދިޔަތާ 6 މަސްވެގެން ދިޔައިރު، ރާއްޖެއަށް ބޯޓު ނުގެނެވި ލަންކާގައި ބޯޓު ތާށިވެއްޖެއެވެ.

. މައުލޫމާތު ލިބިފައިވާގޮތުގައި 11 ފަޅުވެރިންނާއެކު ލަންކާގައި މަރާމާތަށް ގެންގޮސްފައި ވަނީ މިފްކޯގެ “ކަލަމިންޖާ 402” ބޯޓެވެ. މި މަސް ބޯޓު ސްރީލަންކާގައި ތާށިވެފައިވަނީ ބޯޓު މަރާމާތަށް ކުރިން ލަފާކުރި ވަރަށް ވުރެ ގިނައިން ފައިސާ ދައްކަން ޖެހުމުން، އެ ފައިސާ ނުދެއްކިގެންނެވެ.

މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ރަމްޒީ އަބޫބަކުރު ވިދާޅުވީ ބޯޓު ރާއްޖެ ނުގެނެވި ލަސްވެފައިވަނީ ފައިސާ ދެއްކުމުގެ މައްސަލައެއް ދިމާވެގެން ނޫން ކަމަށާއި އަންނަ މަހުގެ ފުރަތަމަ ހަފުތާ ހިސާބުގައި ބޯޓު ރާއްޖެ އަންނާނެ ކަމަށެވެ.ނަމަވެސް އެ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ވަނީ ހަމަޖައްސާފައެވެ.އަދި އެސްޓީއޯގެ ދަށަށް މި ކުންފުނި ގެނައިއިރު 300 މިލިއަނެއްހާ ރުފިޔާގެ ދަރަނި ކުންފުނީގައިއޮތެވެ

މިފްކޯއަކީ 1993 ވަނަ އަހަރު ދިވެހި ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.

ޓެގު