English Edition
Dhivehi Edition
ކުރީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: ނަޝީދު.ކޮޓް

ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވާކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެމްޑީޕީއިން އެދިއްޖެއެވެ

އެމްޑީޕީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލައިގައި ނިންމަވާ ގޮތަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް މުހިންމު ފިޔަވަޅަކަށްވާނޭތީ، އެ މައްސަލަައިގައި އަވަސް ނިންމުމެއް ލިބޭނޭ ގޮތް ހަމަޖެއްސެވުމަކީ މިވަގުތު އެންމެ މުހިންމުކަންކަމުގައެވެ

މީގެ އިތުރުން އެމްޑީޕީ ގެ ބަޔާނުގައި ބުނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަސްލަޙަތާއި، ރާއްޖޭގެ ސިޔާސީ ނިޒާމާ ގުޅިފައި އޮތް ޙައްސާސް މައްސަލައެއް ކަމަށެވެ. އެހެން ކަމުން މައްސަލައިގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް އެމްޑީޕީ އިން ވަނީ ކޯޓަށް އިލްތިމާޒުކޮށްފައެވެ

އެމްޑީޕީއިން ބުނެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކުރުމުގެ އިޖުރާއަތު ހިންގުނީ ރާއްޖޭގެ ޤާނޫނުތަކާއި، ބައިނަލްޢަޤުވާމީ އުސޫލުތަކާ ހަމަތަކާވެސް ކަނޑައެޅިގެން ޚިލާފަށްކަމަށެވެ. އަދި އދ. ގެ ވަރކިންގ ގުރޫޕް އޮން އަރބިޓްރަރީ ޑިޓެންޝަންއާއި، ހިއުމަންރައިޓްސް ކޮމިޓީ އިންވެސް ވަނީ ކުރިމިނަލް ކޯޓުގެ ނިންމުމުގައި ހުރި އިޖުރާއީ އަދި މައުޟޫޢީ ގޯސްތައް ފާހަގަކޮށް ނަޝީދު މިނިވަން ކުރުމަށް ގޮވާލާފައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ،