މި މައްސަލަ އުފެދިގެން އުޅެނީ “މިހިރީ ނަންބަރު 5” ނަމަކަށް ކިޔާ ބޯޓެއް ގަތުމަށް ކައިޒީން ހަރަދުކުރި ކަމަށް ބުނާ ފައިސާއާ ގުޅިގެންނެވެ. ކައިޒީންގެ ދައުވާގައިވާ ގޮތުން ބޯޓު ގަތުމަށްޓަކައި އޭނާގެ ބައްޕަ، އިބްރާހިމް އަލިފުޅަށް 3.6 މިލިއަން ރުފިޔާ ހަވާލުކުރިއެވެ. ނަމަވެސް ބޯޓު ގަނެ، ކައިޒީންގެ ރުހުމެއް ނެތި ބައްޕަގެ އަމިއްލަ ނަން މައްޗަށް ބޯޓު ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި، ބޯޓުގެ ހަގީގީ ވެރިފަރާތަކީ ކައިޒީން ކަމަށް ވާތީ ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް ކޯޓުގައި އެދިފައިވެއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމީ ކައިޒީންއާ ދެކޮޅަށެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުން އަންގާފައި ވަނީ މައްސަލަ އަލުން ދަށު ކޯޓުން ބެލުމަށެވެ. ނަމަވެސް، މައްސަލަ އަލުން ބެލުމުގެ ބަދަލުގައި، ކައިޒީން ބޭނުންވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާށެވެ. އެ ކޯޓުން މައްސަލަ ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނުނިންމައެވެ.