ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިން ހޮނިހިރި ދުވަހު ވަޅިހަރާލާ ޒަހަމް ކޮށްލި ކުއްޖާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
ޒުވަނާގެ ހާލު ސީރިއަސް ކަމަށް އޭޑީކޭއިން މައުލޫމާތު ދިންނަމަވެސް އޭނައަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ނުދެއްވައެވެ.
މަންޒަރު ދުށް މީހަކު ބުނީ އެ ޒުވާނާ ދުއްވި ކަމަށް ބެލެވޭ ކަޅު ކުލައިގެ ސައިކަލެއް ވެސް އެ ހިސާބުގައި ވެއްޓިފައި އޮތްކަމަށާއި ވަޅި ޖަހައި ޒަހަމްކޮށްލާފައިވަނީ މާލޭ ރިންގް ރޯޑުގައި ދުއްވާފައި އައި ސައިކަލެއްގައި އިން މީހެއްގެ މެޔަށެވެ.ހަމަލާ ދިނުމަށްފަހު އެ ދެމީހުން ފިލާވައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ އެސަރަހައްދުގައި ތިބި މީހުންގެ އެހީތެރިކަމާއިއެކު ކަމަށްވެސް މަންޒަރު ދުށްމީހާ ބުނެއެވެ.