English Edition
Dhivehi Edition
އާޗަނާ ސިންގ ޑިއުޓީގައި އިން އިރު ދަރިފުޅު ކައުނޓަރުމަތީގައި ނިންދަވާފައި

އިންޑިއާގެ ޖަންސީ ކޮޓްވާލީ ފުލުހުންގެ މަރުކަޒުގައި ވަޒީފާ އަދާކުރާ ޕޮލިސް ކޮންސްޓަބަލް އާޗަނާ ސިންގް އަކީ ބުރަކޮށް އުޅެމުންވެސް ވަޒީފާއަށް ވަރަށް ކަމޭހިތާ އަދި އާއިލީ ޒިންމާވެސް ފުރިހަމަޔަށް އަދާކުރާ ފުލުހެކެވެ. އާޗަނާ ސިންގް ގެ ފޮޓޯއެއް މިހާރު މީސް މީޑިޔާގައި ދައުރުވަމުންދާއިރު މި ފޮޓޯއިން މިކަން ވަރަށް ބޮޑަށް ސާފުވެއެވެ.

ފޮޓޯއިން ފެންނަނީ އާޗަނާ ސިންގުގެ 6 މަހުގެ އަންހެން ދަރިފުޅެވެ. އާޗަނާ ސިންގު މަސައްކަތް ކުރަނީ ރިސެޕްޝަނުގައިކަމުން އެހާގިނައިން ތަންތަނަށް ދާކަށް ނުޖެހެއެވެ. ފޮޓޯއިން އާޗަނާ ސިންގުގެ އަންހެން ދަރިފުޅު ރިސެޕްޝަން ކައުންޓަރު މަތީގައި ބާއްވާފައި އޮންނަތަން ފެނެއެވެ. އާޗަނާ ސިންގުގެ އާއިލާ ދިރިއުޅެނީ އެހެން އަވަށެއްގައެވެ. ސިންގުގެ ފިރިމީހާ ވެސް އުޅެނީ ވަޒީފާގެ ގޮތުން އެހެން އަވަށަކަށް ބަދަލުވެގެންނެވެ. ސިންގު ވަނީ ވީހާ އަވަހަކަށް އާއިލާ ދިރިއުޅޭ ރަށަށް ވަޒީފާ ބަދަލުކުރުމަށްއެދި މަރުކަޒުގެ އިސްވެރިންނަށް މިހާރު ދަންނަވާފައެވެ.

މިޕޮޓޯ ނެގީ އާޗަނާ ސިންގު ވަޒީފާ އަދާކުރާ ފުލުސް މަރުކަޒުގެ ސީނިޔާ ފުލުހުން ތަކެކެވެ. އެމީހުން ވަނީ އާޗަނާ ސިންގުއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.