English Edition
Dhivehi Edition
ވަޅި ޖެހުމުގެ ހާދިސާ ހިނގި ސަރަހައްދު: ފޮޓޯ ވީނިއުސް

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިންގާ ޕީޕީއެމްގެ މައި އޮފީސް ކުރިމަތީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ވަޅިން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ . އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާގެ ހަށިގަނޑުން ލޭ ފައިބަމުން ދިޔަ ކަމަށްވެސް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޒަހަމުވި މީހާއަށް ހަމަލާދީފައިވަނީ ބޮޑު ވަޅިއަކުން އޭނާގެ މެއަށެވެ. މި ހަމަލާގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. .

އޭނާގެ ހާލަތާ ގުޅޭގޮތުން އެއްވެސް އެއްޗެއް އިތުރަށް ދެންނެވޭނީ ޑޮކްޓަރުގެ ރިޕޯޓް ލިބުމުން ކަމަށްވެސް އޭޑީކޭއިން ވަނީ ބުނެފައެވެ..

މަރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން މިހާރު ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީގެ ދެހަފްތާ ކުރިން ވަނީ 14 އަހަރުގެ ކުއްޖަކު މަރާލައިފަ އެވެ. މި މަހުގެ ތެރޭގައި މާލޭގައި ގިނަ މާރާމާރިތަކެއް ހިނގާފައިވާ އިރު ފުލުނުން ވަނީ ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ.