English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް

ފުޅިއަޅައިގެން ފީނަން އުޅުމުގެ ތެރޭގައި ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ އައްޑޫސިޓީގެ ހިތަދޫ މީހަކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ހޯދައިފިއެވެ.

ސ. ހިތަދޫ ފެހިވިނަ އިބްރާހީމް ޝަކީބްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އަށް ރިޕޯރޓް ލިބިފައިވަނީ ރޭ 23:14 ހާއިރުއެވެ.

މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑަރަންގެ ޓީމެއް ހާބަރ ޕެޓްރޯލްގައި ޝަކީބް ހޯދުމުގެ މަސައްކަތަށް ވަނީ ފުރާފައެވެ. ޝަކީބް ހޯދުމަށްޓަކައި ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ހާބަރ ޕެޓްރޯލަށް އޭނާ ފެނިފައިވަނީ ރޭ 23:39 ހާއިރުއެވެ. ޝަކީބު ފެނިފައިވަނީ ސ. ހުޅުމީދޫ އިރުން 1 މޭލު ބޭރުންކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މިހާދިސާ ދިމާވީ، ފުޅިއަޅައިގެން ލަނޑާނެގުމަށްޓަކައި ޝަކީބް ފީނުމަށްފަހު މައްޗަށް އެރި ވަގުތު ދޯންޏާއި ދިމާނުވެ އޮޔާ ދިޔުމުގެ ސަބަބުންނެވެ. މި ހާދިސާގައި ޝަކީބަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

1 ކޮމެންޓް
Ebena Dhoni e hishi meehaa
އޮކްޓޯބަރު 27, 2018
Mi haadhisaagai mndf ge launch vany farah araa eyah bodethi gehlunthakeh vefa.. Adhi e eri faru mathy huhtaa eynabnagaafai vany.. Hus dhogu.. 1 meylu beyrunoa..