English Edition
Dhivehi Edition

ވިއްސާރަވެ މޫސުމް ގޯސްވުމާ ގުޅިގެން ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ (މެޓް) އިން މިއަދު އެލާޓް ނެރެފައި ވަނީ މެދު ރާއްޖެތެރެއާއި ގދ. އަތޮޅުން ފެށިގެން އައްޑޫ އާއި ދެމެދުގެ ސަރަޙައްދުތަކަށެވެ. މި ސަރަޙައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ، މިއަދު އިރުއޮއްސި 18:30 އިން ފެށިގެން މިރޭ 23:30 އާއި ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުތަކުގައި މި ސަރަޙައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ