English Edition
Dhivehi Edition
ސ. ހުޅުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (37އ) ފޮޓޯ: ޕޮލިސް ލައިފް

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތުހުމަތުގައި އައްޑޫ ސިޓީ ހުޅުދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅިވީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ހުޅުދޫ، ހަޒާރުމާގެ، އަޙްމަދު ޔާނިސް (37އ) އެވެ.

އަޙްމަދު ޔާނިސްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.