English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ސ. ހިތަދޫ ޕޮލިސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފޭދޫ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވަނީ، މި މައްސަލައާއި ގުޅިގެން ހީދަމުން ދަނީ ސ.ފޭދޫ، މަޑިކެޑަގެ، އިބްރާހީމް ޤާސިމް (34އ) އެވެ. އިބްރާހިމް ގާސިމް ހީދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިފައިވާއިރު އޭނަ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ފުލުހުން ވިދާޅުވީ އިބްރާހީމް ޤާސިމާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައިވެއެވެ.