އައްޑޫ ސިޓީ ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ސ. ހުޅުމީދޫ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ފިނިޝިންގ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން ކުރިން ކުރި އިޢުލާން ބާޠިލުކޮށް އެ މަސައްކަތަށް އަލުން ބީލަމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތަށް ކުރީގައި ބީލަން ހުށަހެޅި ފަރާތްތަކަށް މިއިޢުލާންގެ ދަށުން ބީލަމުގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންނުޖެހޭނެ ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ.
އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގ ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.
އެ ބީލަމުގައި ބައިވެރިވުމަށް 500ރ. ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2020 ނޮވެމްބަރު 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2020 ޑިސެމްބަރު 09 ވާ ބުދަ ދުވަހުގެ މެންދުރު 14:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއިންނެވެ. އެ މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެ އިދާރާގެ [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރެވިދާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން އެ މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 2020 ނޮވެމްބަރު 30 ވަނަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށައި، ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމުގައި ކައުންސިލުން ބުނެފައިވެއެވެ.
އެ މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 1،500ރ. ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީ ދިވެހި ރުފިޔާއިން ނުވަތަ އެއަދަދާ އެއްވަރެއްގެ އަދަދެއް ޔޫ.އެސް.ޑޮލަރުން ހުށަހެޅިދާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 148 ދުވަހެވެ. ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު”ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
އެ މަސައްކަތަށް ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2020 ޑިސެމްބަރު 16 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައި ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް ސިޓީ ކައުންސިލްގެ އިޢުލާނުގައި ބުނެފައި ވެއެވެ.