ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލް ކޮށް ހައިކޯޓުން އޭނާ މިނިވަން ކުރުމާއި ގުޅިގެން ރައީސް މައުމޫން އަބްދުލް ގައްޔޫމް ގާސިމަށް މަރުހަބާ ދަންނަވައިފިއެވެ.
ރައީސް މައުމޫން މަރުހާބާދަންނަވަމުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގާސިމްގެ މައްޗަށް ކުރެވުނު ތުހުމަތުތައް ހައިކޯޓުން ބާތިލް ކުރުމުން ވަރަށްބޮޑަށް އުފާ ކުރައްވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އެވެ.
ގާސިމް މިނިވަންކުރީ މި މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ދައުލަތުން ގާސިމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާ އުފުލާފައި ވާއިރު އެ މައްސަލަ ސާބިތުވެ ގާސިމްގެ މައްޗަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ގާސިމްގެ މައްޗަށް ކްރިިމިނަލ ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްފައިވަނީ ގާސިމްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ، ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްޤުން އެއްކިބާކޮށް ހިންގާފައިވާ ޝަރީއަތެއްކަމުން އުސޫލުން ބޭރުންކޮށްފައިވާ ހުކުމެއްކަމަށް ކަނޑައަޅައެވެ.