English Edition
Dhivehi Edition

ކުރިއަށްއޮތް ސްކޫލް ބަންދާ ދިމާކޮށް އައްޑޫސިޓީ ގަމާއި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާ ދެމެދު ދަތުރުކުރާ ފަރާތްތަކާއި ތައިލެންޑްގެ ވެރިރަށް ބެންކޮކުން ގަމަށް ދަތުރުކުރާ ފަރާތްތަކަށް ވަރަށް ޚާއްސަ ބެގޭޖް ޕްރޮމޯޝަނެއް ސްރީލަންކަން އެއާލައިންއިން ފަށައިފާއިވާކަމަށް އެ އެއާލައިންސް އިން ބުނެފިއެވެ.

ގަމާއި ޑާކާއާ ދެމެދު އަދި ބެންކޮކުން ގަމަށް ދަތުރުކުރާ ފަރާތްތަކަށް ބެގެޖް އެލަވެންސްގެ ގޮތުގައި 40ކިލޯ ލިބޭނެ ކަމަށް އެއެއާލައިނުން ބުނެއެވެ.

މީގެ އިތުރުން ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމުން ދަތުރުކުރާ ފަރާތްތަކަށް އެމީހަކު ބޭނުން މީލް ޕްލޭނެއް އޯޑަރ ކުރެވޭނެ ޚިދުމަތެއް ފެށުމަށް ވެސް ސްރީލަންކަން އެއާލައިންސްއިން ވަނީ ނިންމާފައެވެ.

ސްރީލަންކަން އެއާލައިންސްއިން ބުނީ އައްޑޫ ސިޓީ ގަމުން ދަތުރުކުރާ މީހުން ފުރުމުގެ 48 ގަޑިއިރު ކުރިން އެމީހަކު ބޭނުން މީލް ޕްލޭނެއް އޯޑަރ ކުރެވޭނެ ކަމަށާއި، މީލް އޯޑަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ފޭދޫގައި ހުންނަ ސްރީލަންކަންގެ ޓިކެޓް އޮފީހަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

މީލް ޕްރީ-އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކަށް ސްރީލަންކަންގެ ވެބްސައިޓް މެދުވެރިކޮށް މީލް ޕްލޭންތަކުގެ މެނޫ ބަލާލެވޭނެކަމަށްވެސް އެއެއާލައިނުން ބުނެއެވެ. މީލްތަކުގެ އަގު އުޅެނީ 10 ޑޮލަރާއި 25 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ކަމަށްވެސް އެ އެއާލައިނުން ބުނެއެވެ.