English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބާތިލު ކުރެވެން ނެތް ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އިންތިހާބް ބާތިލް ނުކުރެވޭނެ ކަމަށް މިއަދު ހުކުމް އިއްވަވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސްފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ވެއްދީ ރައީސް އަބްދުﷲ ޔާމީން އިންތިހާބް އޮޅުވާލި ކަމަށް ތުހުުމަތު ކުރައްވަމުންނެެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެއްވި ކަންތައް ތަކުގެތެރޭގައި ވޯޓް ގެ ކަރުދާސް ޗާޕްކުރުމަށް އިދިކޮޅުފަރާތް ތަކުގެ ނުފޫޒް އޮތްބަޔާކާ ހަވާލުކުރުމާއި، ވޯޓްކަރުދަހުގައި ކެމިކަލް ބޭނުން ކޮށްފައި ވާކަމަށާއި އަދި އިންތިހާބް ގެ ނަތީޖާ އޮޅުވާލުމަށް ލިޔެވޭ އަނގޮޓި ތަކެއް އެތެރެ ކުރިކަމުގެ ތުހުމަތެވެ.

ނަމަވެސް ފަސްފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނީ، އިންތިހާބެއް ބާތިލް ކުރަން ޖެހޭނެ ފަދަ ހެއްކެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި އަބްދުﷲ ޔާމީންއާ ދެމެދު ވޯޓްގެ ފަރަގު ވަރަށް ބޮޑުކަމަށެވެ. އެހެން ކަމުން ރިޔާސީ އިންތިހާބު ބާތިލް ކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓްގެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން އިންތިހާބާ މެދު ކުރާ ތުހުމަތުތައް ތަހުގީގު ކުރަން ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރެއް ނެރެ ދިނުމަށް އެދިފައިވީ ނަމަވެސް، އެ ކަންތައްތަކަކީ ތުހުމަތުތަކެއް ކަމަށްވާތީ، ގާނޫނުގެ ތެރެއިން
އެކަންކަން ތަހުގީގު ކުރަން ކޯޓް އަމުރެއް ނެރެން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ރައީސްޔާމީން އިންތިހާބް ބާތިލްކޮށް ދިނުމަށް އެދި ކޯޓަށް މައްސަލަ ވައްދާފައި ވާއިރު އިދިކޮޅު ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ހިސާން ވިދާޅުވީ މިމައްސަލައަކީ އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން މިމައްސލައިގެ ކުރީގެ އަޑު އެހުމުގައި ހިސާން ވިދާޅުވީ މިމައްސަލައަކީ ރައީސް ޔާމީން އިންތިހާބުން ބަލިވުމާއި ގުޅިގެން ލިބިވަޑައިގެންނެވި ހިތްދަތި ކަމާ ހެދި ހުށައަޅައިގެން އުޅޭ މައްސަލައަކަށްވާތީ އިންތިހާބީ ރަޢީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވާންޖެހޭތީ އަވަސްމުއްދަތެއްގައި ކޯޓުން މިމައްސަލަ ނިންމާލަ ދެއްވުމަށެވެ