English Edition
Dhivehi Edition

އެސްޓޯއޯއިން ވިއްކާ ޕެޓްރޯލް އަދި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެސްޓީއޯ އިން މައުލޫމާތު ދޭގަޮތުގައި ޕެޓްރޯލާއި ޑީސަލް ގެ އަގަށް މިބަދަލު ގެނެވުނީ ދުނިޔޭގެ ބާޒާރުގައި މިވަގުތު ތެލުގެ އަގު އުފުލިފައިވާތީއެވެ.

އެހެންކަމުން ޕެޓްރޯލް އަދި ޑިސަލުން 20 ލާރި ބޮޑުކޮށްފައި ވާއިރު މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.39 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކުމަށް ހަމަ ޖެހިފައިވަނީ 12.09 ރުފިިޔާ އާށެވެ.

މިއީ އެސްޓީއޯއިން މިއަހަރު ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރި ހަވަނަ ފަހަރެވެ.