English Edition
Dhivehi Edition
ޒަމާން ބަދަލުވެގެން ގޮސްފައި ވަނީ ވަރަށްވެސް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ގޮހެވެ. ސްމާޓްފޯނަކީ މިހާރު ކޮންމެމީހެއްގެ ވެސް އެންމެ މުހިންމު އެންމެ ބޭނުންތެރި އެކައްޗަށް މިއަދު ވަނީވެފައެވެ. މަސައްކަތުގެ ގޮތުންވިޔަސް، ވިޔަފާރީގެ ގޮތުންވިޔަސް، މުއާސަލާތީ ގޮތުންވިޔަސް، އަދި ލިބޭ ހުސް ގަޑިތަކުގައި ހިތްހަމަ ޖައްސާލަންވެސް ސްމާޓްފޯނަކީ މިހާރު އެންމެ ގިނައިން އިންސާނުން ބޭނުން ކުރަމުންދާ އެއްވަސީލަތެވެ.
މިއަދު އަޅުގަނޑުމެންނަކީ ސޯޝަލް މީޑިއަގެ އެކި އެކި އެޕްލިކޭޝަންސްތަކާ ރައްޓެހި އަދި އެޔާއި ނުލާ ނޫޅެވޭ ބަޔަކަށް ވެފައިވާއިރު “ފޭސްބުކް” ވުޖޫދައް އައުމުން އެއެޕްލިކޭޝަން ވީ ދުނިޔޭގެ އެންމެ ގިނަބަޔަކު ބޭނުންކުރާ އެކައްޗަކަށެވެ. ފޭސްބުކް އަޕްގްރޭޑް ކުރުމަށް ފޭސްބުކްގެ ފައުންޑާ އަދި ސީއީއޯ މާކް ޒަކަބާގް ވަނީ ތަފާތު އެކި އެކި ބަދަލުތައް ގެނެސް ފައެވެ.
ފޭސްބުކް ބޭނުންކުރާ އެންމެ ގިނަމީހުން އެކަކު އަނެކަކާ މުއާމަލާތް ކުރުމުގައި މިހާރު އެންމެ ގިނައިން ބޭނުން ކުރާ އެއް ފީޗާއަކަށް ވެފައިވަނީ “އިމޯޖީ” އެވެ. އެހެން ނަމަވެސް މީހަކު ބުނެފައިވާ ބަހަކަށް “އިމޯޖީ” އެއް ރިއެކްޓް ކުރުމުގެ ކުރިން ބޭނުން ކުރެވުނީ ރަނގަޅު އިމޯޖީތޯ ބަލާލުން ވެސް ވަރަށް މުހިންމެވެ. މިހާރަކަށް އައިސް ހިތާމަވެރި ސްޓޭޓަސްތަކުގައި “ސްމައިލް” ބޭނުން ކޮށްފައި ހުރުމުން އެސްޓޭޓަސް ޖެހިމީހަކަށް އެރިއެކްޝަން ފެނުމުން ބުނަންނޭންގޭ ހާވެސް ހިތްދަތި ކަން ލިބިގެން ދަނީ މަދުފަހަރަކު ނޫނެވެ.
މިފަހަރު މިއޮތީ އިމޯޖީއެއްގެ ސުވާލު އުފެދިފައެވެ. ދެއަތްތިލަ ޖައްސައިގެން ހުންނަ އިމޯޖީ ބޭނުން ކުރަމުން ދާއިރު އެ އިމޯޖީގެ ހަގީގީ މާނަ އެނގެނީ ތިޔައިގެތެރެއިން ކިތައްބޭފުޅުންނަށްތޯއެވެ؟ އެއްބަޔަކު ބުނާގޮތުގައި އެއީ، ހިންދީމީހުން މީހުންނަށް އިހްތިރާމް ކުރުމުގައި އަތުން ދައްކާލާ އިޝާރާތެކެވެ. އަނެއްބަޔަކު ބުނާގޮތުގައި އެއީ ޗައިނާމީހުން އެކަކު އަނެކަކަށް އިހްތިރާމް ކުރުމަށް ކުރާ އިޝާރަތެކެވެ . މަތީގައިވާފޮޓޯއަށް ރަނގަޅަށް ބައްލަވާލާށެވެ. ދެއަތްތިލަ ޖައްސައިގެން ހުންނަ އިމޯޖީ އަކީ، “ހައިފައިވް” އެވެ.