English Edition
Dhivehi Edition
ފޮޓޯ: ގޫގަލް

ފޭސްބުކް ސްޓޯރީ ތަކާއި އިންސްޓަގްރާމް ސްޓޯރީ ތައް ފެނިފައި ކުޅުދިޔާވެއެވެ. މުޅި ދުނިޔެ އަށް ދިމާވި ކޮވިޑް19 އާއި ގުޅިގެން ސްކޫލްތައް ބަންދުވުމާއި ގުޅިގެން ގޭގައި ކުރާނެ މާބޮޑު މަސައްކަތެއް ނެތި ބަންދުވެފައި ތިބެން ޖެހުނު މީހުން ވަރަށް ގިނައެވެ. އޮފީސްތަކަށް ނިކުންނަން ޖެހޭ މީހުން އަދި ދުވަސް މަދުވުމުގެ ސަބަބުން އެއްބައެއް ގޭގައި މަޑުކުރަންޖެހުނު އިރު އަލަށް ސްކޫލް ނިންމި ދަރިވަރުން ކިޔަވަން ފުރަން ފުރުސަތު ނުލިބި އަދި ވަޒީފާތަކަށް ދާންވެސް ފުރުސަތު ނުލިބުމާއެކު ގޭގައި މަޑުކޮށްލަންޖެހުނެވެ. މިގޮތަށް ގޭގައި މަޑުކޮށްލަންޖެހުމުގެ ސަބަބުން އެންމެ ތަފާތު މަސައްކަތްތަކެއް ކުރި އެއް ބަޔަކީ އަންހެންވެރިންނެވެ. ގިނަ އަންހެން ވެރިން ގޭގައި މަޑުކުރަން ޖެހުމުން ގޭގައި ކާއެއްޗެހި ތައްޔާރުކޮށްފައި އޭގެ ފޮޓޯ، ފޭސްބުކް އަދި އިންސްޓަގްރާމް ސްޓޯރީތަކަށްލައިފައި ހުންނަ ތަން ފެނިފައި ކުޅުދިޔާ ނުވާނެ މީހަކު މަދުވާނެ ކަން ޔަގީނެވެ.

ދިވެހިރާއްޖޭގެ އެކި އެކި ހިސާބުތަކުގެ އަންހެން ވެރިން މިހާރު ފޯރިއާއެކު ގޭގައި ތައްޔާރުކޮށް ވިއްކަމުންދަނީ “ޓްރެސް ލެޗެސް” ކޭކް އެކި ފްލެވާތަކަށް ތައްޔާރު ކުރުމަށްފަހުވެ. ކޭކް ހަދާފައި ވިއްކާ ގިނަ މީހުން ވިއްކަނީ ޕްރީއޯޑަރ އަށް ފުލްކޭކް ނޫނީ ސްލައިސް ވަކިންނެވެ.

މުޅި މީސްމީޑިއާގައި ކޭކުގެ ފޯރި ގަދަވެފައިވާ އިރު އެކޭކް ކޮޅު ގަންނަ މީހުން ގަތުމަށްފަހު ކަންތައް ކުރާގޮތް ބަލައިިލީމެވެ. އާންމުކޮށް ކޭކް ގަނެގެން ކާމީހުން ފެންނަނީ ކޭކް ކޮޅު ވިއްކާ ގެއިން ގަނެލައިގެން ގޮސް އެކަހެރިވެތިބެ ކާތަނެވެ. މި މަންޒަރު ފެނުމުން އެކި މީސްމީހުންނާ ސުވާލުކޮށް މިހެން ކަންތައް ކުރާ ސަބަބު އޮޅުން ފިލުވައިލީމެވެ. “އަސްލު ކޭކް ފޮތި އޭގެ ރަހާ އެއްވަރަށް އަގުބޮޑު. މިއީ ވަރަށް މީރު ކޭކެއް. އަތުގައި މާބައިވަރު ފައިސާއެއް ނެތަސް ކާހިތުން ގަންނަނީ. ގަނެލައިގެން ގޭގައި އެތައް ބަޔަކު ކުރިމަތީގައި ކެއުމަކީ އެހާ ރީތި ގޮތެއް ނޫންވީމަ ހަމަ ގަނެލައިގެން ކޮންމެވެސް ދިމާލަކަށް، މައިޒާނަކަށް ގޮސް މަޑުކޮށްލާފައި ކާލަނީ” ކޭކް ގަވާއިދުން ގަނެގެން ކާ ކުއްޖަކު ނަން ނުޖެހުމަށް ޝަރުތު ކުރަމުން ބުންޏެވެ.

ކޭކް ފޮއްޗެއް ގަނެލައިގެން ކާން އަތިރިމަތީގައި ކޭކް ކާން އިން އަންހެނެއް

“ގޭގައި އުޅޭ އެތައްބައެއްހެ ކުރިމައްޗަށް ކުޑަ ކޭކް ފޮއްޗެއް ގެނދިޔުމުގެ ބަދަލުގައި ބައެއްފަހަރު ވަޒީފާ އަދާ ކުރާ އޮފީހުގައި ތިބެގެންވެސް ކޭކްކޮޅު ކާލަން އެބަޖެހޭ. އަސްލު އާދައިގެ ކޭކްގެ އަގަކަށް ނޫން މިކޭކް ލިބެނީ، އެހެންވީމަ އެވަގުތަކު ކާހިތް ވީމަ ހަމަ ގަނެލައިގެން ކާލަނީ” އެހެން ކުއްޖަކު ބުންޏެވެ.

ކޭކް ކާން ލޯބި ކުރާ ބައެއް ފަރާތްތަކުން ބުނީ މަހަކު އެއްފަހަރު ގޭގައި ތިބޭ މީހުންނަށް ކޭކް ގަނެދެވުނަސް ކޮންމެދުވަހަކު ބޮޑު އާއިލާ އަކަށް ގަނެދެވޭވަރަށް ވުރެ ކޭކްގެ އަގުބޮޑުކަމަށެވެ.

ތެދެކެވެ. ވާނީވެސް އެހެންތާއެވެ. މި ދުވަސްވަރަކީ ގިނަމީހުން ވަޒީފާއިން މަހުރޫމްވެ އަތްމަތި ދަތިކޮށް އުޅެމުން އަންނަ ދުވަސް ވަރަކަށްވާތީ ކިތަންމެ މީރު އެއްޗަކަށް ވިޔަސް އަދި އެންމެންނަށް ދޭން ބޭނުން ވިޔަސް ގަނެގެން އެންމެންނަށް ވާވަރަށް ދެވޭނެ ގޮތެއް ވެސް ނޯންނާނެއެވެ. ގޭގެ އެންމެންނަށް ވާވަރަށް ގަންނާނެ ތަނަވަސް ކަމެއްވެސް ނެތީމާ ވާނީވެސް މިހެންތާއެވެ.

ޓްރެސްލެޗެސް ކޭކަކީ 3ވައްތަރެއްގެ ކިރެއް އެކޮށްގެން ސްޕޮންޖްކޭކް ފޯކޮށްފައި މައްޗަށް އެމީހަކަށް މީރު ކޮންމެވެސް ކަހަލަ ޕްލެވާ އެއް އެޅުމަށްފަހު ތައްޔާރު ކޮށްފައިވާ ވަރަށް މީރު ކޭކެވެ. މިކޭކަކީ އެންމެ ފުރަތަމަ މެކްސިކޯގައި ތައްޔާރު ކުރި ކޭކެއް ކަމަށް ބައެއް ލިޔުންތަކުގައި ބުނެފައި ވެއެވެ. މި ވައްތަރުގެ ކޭކް ފޯކޮށްގެން ތައްޔާރުކޮށް، މެކްސިކޯގައި 19ވަނަ ގަރުނުން ފެށިގެން ކާންބޭނުން ކުރެއެވެ.