English Edition
Dhivehi Edition

ދަރްމަންގެ އުފެއްދުން ތަކުގައި އެކްޓަރެއްގެ ރޯލު އަދާކުރަމުން އަންނަ އުމުރުން 64 އަހަރުގެ ކާލް ޖޫޑީގެ ސިއްޙީ ހާލަތު ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާ ކަމަށް ދަރްމަން ބުނެފިއެވެ.

ދަރްމަންގެ ފޭސްބުކް ޕޭޖްގައި އޭނަގެ ފޭނުންނާއި މި ވާހަކަ ހިއްސާކުރަމުން ބުނެފައިވަނީ، ހުރިހާ އެންމެން އޭނާގެ އެކްޓަރ ކާލް ޖޫޑީ އަށް ހެޔޮދުއާ ކޮށްދިނުމަށް އެދޭކަމަށެވެ. މިވަގުތު ކާލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންގެންދާއިރު އޭނާގެ ހާލު އެހާރަނގަޅު ނޫންކަމަށްވެސް ދަރްމަން ވަނީ ބުނެފައެވެ.. އަދި އޭނަގެ ހުރިހާ ފޭނުން އޭނަ ދެކެ ލޯބިވާ މިންވަރު ހާމަކުރުމަށް ކާލްގެ އިންސްޓަގްރާމް ފޮޓޯއަށް ކޮމެންޓް ކޮށް ދިނުމަށް ދަރްމަން ވަނީ އެދިފައެވެ.

ކާލްގެ ސިއްޙީހާލަތު ބޮޑުވީ ކިހިނެތްވެގެން ކަމެއް މިހާތަނަށް އެނގިފައި ނުވެއެވެ. ނަމަވެސް ކާލްގެ އާއިލާމީހަކު ވަނީ ކާލްގެ އިންސްޓަގްރާމް ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން ކާލް މިވަގުތު ކޮންމެވެސް ވަރަކަށް ބޮލާއި އަތުގެ ހަރަކާތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

No description available.

ދަރްމަން އަކީ ދިރިއުޅުމުގައި ދިމަވާ އެކިއެކި ކަންތައްތަކަށް ނިސްބަތްކޮށް މީހުން ހޭލުންތެރިކުރުމަށް ތަފާތު އެކި އެކި ވީޑިއޯ އުފައްދައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގްބޫލުވެފައި މީހެކެވެ. އަދި އޭނާގެ ވީޑިއޯތަކުގެ ފުރިހަމަ ކަމާއި އޭގެން ލިބޭއިބްރަތްތައް ބަލައި ދުނިޔޭގެ އެންމެންގެ މެދުގައިވެސް އެވީޑިއޯތައް ވަރަށް މަޝްހޫރެވެ.

ދަރްމަންގެ ސޯޝަލްމީޑިއަގައި 36 މިލިއަން ފޮލޯވަރުން ތިބި އިރު އޭނަގެ އުފެއްދުނަ ތަކަކީ މިހާރު ސޯޝަލްމީޑިއާގައި އެންމެ ގިނަ ވިއުސް ލިބިފައިވާ އުފެއްދުންތަކެވެ. އޭނަގެ ކޮންމެ ވީޑިއޯއަކަށް 14 ބިލިއަން ވިއުސް ލިބިފައި ވެއެވެ.

 

1 ކޮމެންޓް
Ibrahim6684
ފެބުރުއަރީ 12, 2021
Carl, emme rangalhu eh actor