English Edition
Dhivehi Edition

ކަލާސް ޗެނަލްއިން ދައްކާ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާ ބަދަލްތޭ ރިޝްތޯ ކާ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެއް ޑްރާމާއެވެ

ތިނެސްކަން ލޯބީގެ ވާހަކައަކަށް ބިނާކޮށްފައިވާ މިޑްރާމާގެ ލީޑް ރޯލުން ފެނިގެންދާ ތިން ތަރިންގެ މޮޅު އެކްޓިންގެ ސަބަބުން އަބަދުވެސް މި ޑްރާމާ އޮންނަނީ ބެލުންތެރިންގެ އެންމެ މަގުބޫލު ޑްރާމާގެ ގޮތުގައެވެ. އެހެންނަމަވެސް އަންނަ ނޮވެމްބަރ މަހު މި ޑްރާމާގެ އެންމެ ފަހު ބައިތައް ޝޫޓްކޮށް ޑިސެމްބަރު މަހު ޑްރާމާ ނިންމާލަން އުޅޭކަމުގެ ވާހަކަތަކާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު މާޔޫސްކަމެކެވެ

މި މާޔޫސްކަމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުންދިޔަ އިހްސާސްތަކާއި ގުޅިގެން މިޑްރާމާގެ ލީޑް ރޯލުން ފެނިގެންދާ ޝަކްތީ އަރޯރާ(ކުނާލް) މިވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. “މި ޑްރާމާ އަކީ ބެލުންތެރިންގެ އެންމެ މަގުބޫލު ސިލްސިލާ. އަދި މިދިޔަ ހަފްތާގެ ރޭޓިންގަ އެންމެ ކުރީގަ އޮތީވެސް މި ސިލްސިލާ. މި ޑްރާމާ ހުއްޓާލަން އުޅޭ ވާހަކައަކީ ދޮގެއް” ޝަކްތީ ވަނީ ބުނެފައެވެ. މީގެ އިތުރުން ޝަކްތީ ބުނެފައިވަނީ މިފަދަ ކާމިޔާބު ޑްރާމާއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި އުފާކުރާކަމަށާއި ޑްރާމާ ދަނީ ހުއްޓުމެއް ނެތި ކުރިއަށް ކަމަށެވެ