ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ އާއި ހޮލީވުޑްގެ ލަވަކިޔުންތެރިއާ ނިކްޖޯނަސް ގެ ކައިވެނި ކުރަން އޮތް ތާތީހް ހާމަކޮށްފިއެވެ.
ޕްރިޔަންކާގެ ގާތްބަޔަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވާގޮތުގައި މިދެތަރިންގެ ކައިވެނި އޮންނާނީ އިންޑިއާގެ ޖޯދްޕޫރގައެވެ. ކައިވެނީގެ ހަފްލާ 3 ދުވަހަށް ދެމިގެންދާއިރު ކައިވެނި ހަފްލާގެ ފުރަތަމަ ދުވަހަކީ ނޮވެމްބަރ 30 ކަމުގައި ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އަދި މިހަފްލާ ނިމޭނީ ޑިސެމްބަރ 2 ގައެވެ.
އުމުރުން 25 އަހަރުގެ ނިކް އާއި ޕްރިޔަންކާ އެންގޭޖުވެފައިވަނީ ޕްރިޔަންކާއަށް 36 އަހަރު ފުރުން ފާހަގަ ކުރަން ލަންޑަންގައި ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ. ނަމަވެސް ޕްރިޔަންކާ އާއި ނިކް ރަސްމީކޮށް އެންގޭޖުވެފައިވަނީ އޮގަސްޓު މަހުގެ ތެރޭގައި ދެ އާއިލާގެ މެމްބަރުންނާއެކު އިންޑިއާގައެވެ.
ދެމީހުންގެ ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއަން ސްޓައިލްއަށެވެ. އަދި ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ މުޅިއެކު 200 މެހެމާނުން ކަމަށާއި އެއީ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިންކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.