English Edition
Dhivehi Edition

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އަށް ވޯޓު ދެއްވެވި ހުރިހާ ބޭފުޅުންނާއި އަދި ނުދެއްވަވާ ބޭފުޅުންނަށް ވެސް އެމަނިކުފާނު ޝުކުރު އަދާކުރައްވަވައިފިއެވެ.

މިއަދު ގައުމާ މުޚާތަބު ކުރައްވަވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންތިޚާބުގެ ކަންކަން ނިމިގެން ދިޔަ ގޮތާމެދު ހިތުގައި އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ.

“އަޅުގަނޑު އައީ ގާނޫނު ތަންފީޒުކޮށްދޭން. ކަންތައް ކުރީ ގާނޫނީ އިމުގެ ތެރެއިން. އެކަމާ ކަންބޮޑުވާ ތިބި ބަޔަކު ތިބި ނަމަ އެކަމާ ކުރެވޭނެ ކަމެއް ނެތް. އެކަމަކު އަޅުގަނޑަށް ވޯޓު ނުދެއްވާ ބޭފުޅުން ވެސް، ބޭރު މީހުންނަށް ޖާގަ ނުދީ ގައުމީ މަސްލަހަތު އިސްކުރާނެ ކަމަށް އުންމީދުކުރަން.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފެންނަމުން ދަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން އުޅޭތަންކަމަށާއި އެބޭފުޅާ ހުރިހާ ކަމެއް ވެސްކުރެއްވެެވީ އުސޫލުގެ ތެރެއިންކަމަށެވެ އަދި އެ ކަންކަން ބަދަލުވާ ތަން ފެނުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ފެންނަމުން ދަނީ އަމިއްލަ މަސްލަހަތު އިސްކޮށްގެން އުޅޭތަން. އަޅުގަނޑު ހުރިހާ ކަމެއް ވެސް ކުރީ އުސޫލުގެ ތެރެއިން. އެ ކަންކަން ބަދަލުވާ ތަން ފެނުމުން ކަންބޮޑުވޭ.މީހުންގެ ވިސްނުން ބަދަލުވަނީ ކޮން ނުފޫޒަކުން ކަމެއް އަޅުގަނޑަކަށް ނުވިސްނުނު. އަމިއްލަ މަސްލަހަތުގެ ކުރިއަށް ގައުމުގެ މަސްލަހަތު ކުރިއަށް ނެރެވުނު ތަނެއް މި ފަސް އަހަރަކު އަޅުގަނޑަކަށް ނުފެނުނު.” ރައީސް ގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެބޭފުޅާގެ ހުރިހާ ސިޔާސަތެއްގެ އަސްލަކީ ގައުމުގެ ސަލާމަތްކަމަށާއި މިކަމުގައި ސިޔާސީ ބައެއް ބޭފުޅުންނަށް އުނދަގޫވާ ކަންކަން ކުރެވިފައި ހުންނާނެކަމަށެވެ. އެކަމަކު އެ ފިޔަވަޅުތައް އެޅީ ދައުލަތުގެ ހައްގުގައި ކަމަށް ރައީސް ވިދާޅުވިއެވެ..

.