ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމަށް އިތުރު ބަދަލެއް ގެނައުމުގެ ހައްގު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މަައްސަލަައިގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުގައި ފެށުމާ ގުޅިގެން އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލުކުރުމަށް ހުށަހެޅި މައްސަލަ ސުޕްރީމު ކޯޓުން ބަލައިގެންފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބުކޮށްފައި ކަމަށެވެ. އެ ނިންމުމަށް ބަދަލު ގެނައުމަށް އުސޫލުތަކާ ހިލާފަށް ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމަށާއި އެހެންނަމަވެސް ހިންގުމުގެ ހައްގު ނެތް މައްސަލައެއް އެހެން ގޮތަކަށް ނިންމުމުގެ ހައްގު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީން ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ އިންތިހާބު ބާތިލް ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައިގަނޑު ބިނާކޮށްފައި ވަނީ ތިން ކަމަކަށެވެ. އެއީ ސިއްރު ހެއްކާއި، އަގޮނޓި ބޭނުންކުރި މައްސަލައާއި ވޯޓް ކަރުދާސް ޕްރިންޓް ކުރި އެމް ސެވަންއާއި މެދު އޮތް ޝަކުވާތަކެކެވެ.