English Edition
Dhivehi Edition
އަބްދުﷲ ސިނާން-- ފޮޓޯ ރާއްޖެ އެމްވީ

ޕީޕީއެމް އިން ވޯޓް އޮޅުވާލުމަށްގެނައި އަނގޮޓިތައް މިހާރުވެސް ޕީޕީއެމް އެކްޓިވިސްޓުން އަތުގައި އެބަހުރިކަމަށް ޕީޕީއެމުން ވަކިވުމުން ގޮނޑިގެއްލިފައިވާ ކަމަށް ބުނާ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

އަބްދުއްﷲ ސިނާން މިހެންވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ސިނާން ކުރެއްވި ޓްވީޓްްގައި އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯލިޝަނާއި ދެކޮޅަށް ދޮގުހެކި ދިނުމަށް މި އެކްޓިވިސްޓުންނަށް މަޖުބޫރުކުރަމުންދާ ކަމަށެވެ. އަދި ރައީސްޔާމިން ދަނީ ދޮގުހެކި ނުދޭމީހުން ވަޒީފާއިން ކަނޑާނެކަމުގެ ބިރުވެސް ދައްކަމުންކަމަށް ޓްވީޓްގައި ސިނާން ވިދާޅުވިއެވެ.

އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލާގައި އެންމެ މުހިންމު ނުުކުތާއެއްގެ ގޮތުގައި ފާހަނގަ ކޮށްފައިވަނީ ލިޔެވޭއަނގޮޓީގެ މައްސަލައެވެ.

ވޯޓްގެ މައްސަލަ ތަޙްޤީޤު ކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން އެދިފައިވާއިރު ސުޕްރީމް ކޯޓުގައި ފާހަގަ ކުރާ ޤާނޫނީ ޕޮއިންޓްތައް ހިމެނޭ ލިޔުމެއް މިހާރު ވަނީ ލީކް ވެފައެވެ.