English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ވޭލްސް އަށް ނިސްބަތްވާ ދެއެކުވެރިންގެ ދެމެދުގައި ހިނގި ޒުވާބަކަށް ފަހު އައިރުޅީގައި އެކެއްގެ ކަންފަތު ގައި ދަތްއަޅައި ކަންފަތް ކާލައިފިއެވެ.

މިހާދިސާހިނގާފައިވަނީ ވޭލްސްގެ ކެބަބް ޝޮޕެއްގައި ވިކްޓޯރިއާ ކިޔާ އަންހެނަކާ އޭނަގެ އެކުވެރިޔާ ޖެނާއާ ދެމެދު ހިނގި ފައިސާގެ ޒުވާބެއްގެ ތެރެއިންނެވެ.

ކ.ވ– ވިކްޓޯރިއާ އަދި އެކުވެރިޔާ ޖެނާ

ނޫސަތަކުން ރިޕޯޓްކޮށްފައިވާ ގޮޮތުގައި މިހާދިސާހިނގާފައިވަނީ، ވިކްޓޯރިއާއާ ޖެނާ ދެމީހުންގެ ދެކުދިންގޮވައިގެން ޕާކެއްގައި ތިބެފައި ސަލާންޖަމަހުން އައި އަންހެނަކު ފެނިގެން ވިކްޓޯރިއާ ގެ ކޭޝްކާޑް ޖެނާ އަތަށް ދިމުނަށްފަހު ލާރިނަގަން އޭޓީއެމް އަށް ފޮނުވުމުން ޖެނާވިކްޓޯރިއާގެ ޕިންހަނދާން ނެތުނީއެވެ. އެހެންކަމުން ޖެނާ އޭނާގެ އަމިއްލަ ކާޑުން ފައިސާނަގައިގެން ނިކުތްއިރު ވިކްޓޯރިއާ ފެންނަންނެތެވެ. ނަމަވެސް ފަހުން ކެބަބް ފިހާރައިން ދިމާވެގެން ކުއްލިއަކަށް ވިކްޓޯރިއާ ޖެނާ އޭނަގެފައިސާވަގަށް ނަގާފައިވާކަމަށް ބުނެ ޒުވާބުކުރީއެވެ.

ފުލުހުން ބުނެފައިވަނީ ރެސްޓޯރެންޓްއެއްގެ ތެރޭގައި ބަޔަކު މާރާމާރީ ހިންގަމުން އަންނަ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން ކުށުގެ ވެއްޓަށް ދިޔަ އިރުވިކްޓޯރިއާ ޖެނާގެ ކަތްފަތުގެ ބޮޑު ބައެއް ކާލާފައި އޮތް ކަމަށާއި އެވަގުތު ޖެނާ ކަންފަތުގެ އެބައި ބިންމަތިން ނެގުމަށްފަހު ބިރުން އެއްލާލިކަމަށެވެ.

މަންޒަރު ދުށް މީހުންނާއި ފުލުހުން ސުވާލު ކުރުމުން އެމީހުން ބުނެފައިވަނީ ދެއެކުވެރިން އިރުކޮޅަކަށް ޒުވާބުކުރުމަށްފަހު އެކަކު ބިންމައްޗަށްވައްޓާ ކަންފަތްކާލީ ކަމަށެވެ. އެއަށްފަހު އެމަންޒަރު ދުށްމީހަކު އެދެމީހުން ދުރުކުރުމުންވެސް ވިކްޓޯރިއާ ވަނީ ވިޖެނާގެ ބޮލުގައި ޖަހާފައި ކަމަށާއި އިތުރަށް މާރާމަރީ ހިނގިޔަ ނުދިމުނަށް ދެމީހުން ދުރުކުރީ ކަމަށެވެ.

މިމައްސަލަ މިހާރު ވޭލްސްގެ ކޯޓުންބަލަމުންދާއިރު ފުރަތަމަ އަޑުއެހުމުގައި ޖެނާ ދިން ސްޓޭޓްމެންޓްގައި ބުނެފައިވަނީ މިހާދިސާއަށްފަހު އޭނައަށް ރަނގަޅަށް ނުނިދޭކަމަށާއި ގެއިން އެކަނިނިކުންނަންވެސް ބިރުގަންނަކަމަށެވެ. އަދި މީގެފަހުން އިތުބާރުކުރަންވީ ރައްޓެއްސެއްވެސް ނޭނގޭކަމަށާއި އޭނައަށްވަނީ “ޕޯސްޓް-ޓްރައުމެޓިކް ޑިޒޯޑަރ” އަށް ބޭސްކުރަންޖެހިފައި ކަމަށެވެ. އަދި އޭނަގެ ހަލާކުވެފައި ވާ ކަންފަތް ފެނުމުން ދަރިފުޅު ބިރުން އޭނައާ ކައިރިނުވާކަމަށް ޖެނާބުންޏެވެ.

ޖެނާ ބުނެފައިވަނީ ވިކްޓޯރިއާ ދެމީހުންގެ ދެމެދު ދުވަސްވީ އެކުވެރިކަން ހީވެސް ނުކުރަހާ ބިރުވެރި ގޮތަކަށް ނިމިފައި ވާއިރު އޭނަގެ މުޅި ހަޔާތްމިހާރު ވަނީ ބިރުވިކަމެއްގެ ތެރެއަށް ވެއްޓިފައިކަަމަށެވެ. މިހާދިސާއަށްފަހު ޖެނާގެ ކަންފަތުން ވަކިވެފައިވާ ބައި ވަނީ އަލުން ސާޖަރީއަކަށްފަހު ގުޅުވާލެވިފައެވެ. ނަމަވެސް އޭނައަށް ކަނާތްފަރާތަށް އަރިއަށް ނިދަން އޮންނަން އުނދަގޫކަމަށް އޭނަބުނެއެވެ.