ރާއްޖޭގެ ޝަރުޢީ ނިޒާމު އިސްލާހު ކުރަން ހިންގަން ޖެހޭ ކަންކަމުގައި ޕާޓީތަކުގެ ޚިޔާލު ތަފާތުވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
މިއަދު އަލްހާނު ކޮށްފައިވާ ޓްވިޓު ގާސިމް ރީ-ޓުވިޓްކުރުމާ ގުޅިގެން ކޯލިޝަންގެ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާއިރު ނަޝީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނެނީ ތަފާތު ފިކުރުތައް ކަމަށެވެ. އަދި ޑިމޮކްރެސީގެ އަސާސްތަކާއި އެއްގޮތަށް ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ
އަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު މިނިވަނެއްގެ ގޮތުގައި ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ބުނެ އެމްޑީޕީ އިން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ނިހާން ވިދާޅުވީ ޝަރީއަތުން ބޭރުން ހަވަރު އެއްކޮށްގެން ކަންކަން ނިންމެން ނޯންނާނެ ކަމަށެވެ