English Edition
Dhivehi Edition

ދިވެހި ރާއްޖޭގައި އެހެން ދީންތައް ކުރިއަރުވައި، އެހެން ދީންތަކަށް އަޅުކަންކުރާ ތަންތަން ބިނާ ކުރުމަކީ ދިވެހިން ބަލައިގަންނާނެ ކަންކަން ނޫންކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ

އާދަމް ޝަރީފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ފުރުޞަތެއް ނޯންނާނެކަމަށެވެ.އަދި މިރާއްޖޭގައި އެހެން ދީނަކަށް އަޅުކަން ކުރާ ތަންތަން އަޅަން އެއްވެސް ބަޔަކު މަސައްކަތް ނުކުރުމަށް އާދަމް ޝަރީފްވަނީ ގޮވާލައްވާފައެވެ

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއަކީ 100 އިންސައްތަ މުސްލިމް ޤައުމެއް ކަމަށާއި، ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބުނަނީވެސް “ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން” ކަމަށެވެ. އެހެންކަމުން މިތާގައި އެހެން ދީނެއް ފެތުރުމަށް މަސައްކަތް ނުކުރުމަށް ޝަރީފްވަނީ ގޮވާލާފައެވެ .