English Edition
Dhivehi Edition
މިނިސްޓަރު އާދަމް ޝަރީފް އުމަރު

ރައީސްގެ އިސްނެންގެވުމުގެ މަތިން ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުން ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަޅުރަށްރަށް ހޯދުމަށް ކައުންސިލްތަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލުކުރެއްވުމަކީ އެކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުފާފާގަތިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ތަރައްޤީ އެރަށް ތަކަށް ގެނައުމަށް މަގުފަހިވެގެން ދާނެކަމެއް ކަމަށާއި އަދި އެފަދަ ރަށެއް ލިބުމަކީ އެކި މަސައްކަތްކުރުމަށް އެރަށެއްގެ ބޔަަކަށް ލިބިގެން ދާނެ އިތުރު ފުރުސަތެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

“ކުރެވޭނެ ވަަރަށް ގިނަ މަސައްކަތްތައް އަދި ވަރަށް ގިނަ ފުރުސަތު އޮތްކަމެއް މިކަމަކީ މިއީ ރައީސުލްޖުމުހުރިއްޔާ ކައުންސިލްތަކަަށް ހުޅުވާލަދެއްވި ވަރަށް މުހިންމު ފުރުސަތެއް” މިނިސްޓްރު ވިދާޅުވިއެވެ.

ފަޅުރަށްރަށް ހޯދުމަށް މިކަމަށް ޝައުގުވެރިކަން ފާޅުކުރި 3 ރަށުކަންސިލް އަކުން ހުށައެޅި ޕްރޮޕޯސަލްތައް މިއަދު ވަނީ ވަޒަންކުރުމުގެ މަސައްކަތް ނިންމާލާފައެވެ. އަދި ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި އެކައުންސިލްތަކާއި ފަޅުރަށްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.