English Edition
Dhivehi Edition

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒު ޝަރީފުގެ ކޮއްކޮ އަދި މިހާރުގެ އިދިކޮޅު ލީޑަރު ޝާހުބާޒު ޝަރީފު އިއްޔެ ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ޝާހުބާޒު ހައްޔަރުކޮށްފައިވަނީ ޕަންޖާބުގެ ޗީފު މިނިސްޓަރަކަށް ހުންނެވި އިރު ހިނގި ހައުސިން މަޝްރޫއެއްގެ ތެރޭގައި ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުގައެވެ.
ޝާހުބާޒުގެ ބަންދު އިތުރުކޮށްފައިވާ އިރު ހަފުތާއެއް ފަހުން ބައި އިލެކްޝަނެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. ޝާހުބާޒުވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އާޝިއާނާ އިގްބާލު ހައުސިން ސްކީމުގެ ނަމުގައި ހިންގި 14 ބިލިއަން ރުޕީސްގެ އެ މަޝްރޫއު ދީފައިވަނީ ޝާހުބާޒުއާއި ގާތް ކުންފުންޏަކަށެވެ. ޝާހުބާޒުގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން ވަނީ 10 ދުވަހުގެ މުހުލަތެއް ދީފައެވެ.