English Edition
Dhivehi Edition
މާރާމާރީގައި ޒަޚަމްކޮށްލި ޒުވާނާ ބިންމަތީގައި އޮތްއިރު އޭނާއަށް ބަޔަކު އެހީތެރިވަނީ - ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.

މި ހާދިސާގައި ހަމަލާދީ ފައި ވަނީ އައްޑޫސިޓި ހިތަދޫ ޒުވާނަކަށެވެ. އޭޑީކޭ ހޮސްޕިޓަލުގައި އެ ޒުވާނާއަށް މިހާރު ފަރުވާދެމުން ދާއިރު، އޭނާއަށް އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ. ނަމަވެސް އޭނާއަށް ފަރުވާ ދެމުންދަނީ ސީރިއަސް ހާލުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޒަހަމްވި ޒުވާނާގެ ހައެއްކަ ތަނަށް ވަޅި ޖަހާފައިވާ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. އަދި އޭނާގެ އަތާއި ބުރަކައްޓާއި ކަރަށް ވެސް ވަޅި ޖަހާފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ.

މާލޭގެ މަޖީދީ މަގު އޮލިމްޕަސް ސަރަހައްދުގައި . ދިން މި މިހަމަލާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 10:48 އެހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެއެވެ.

މިހަމަލާގައި ޒަޚަމްވެފައިވާ ޒުވާނާ ވެއްޓިފައި އޮތް ސަރަހައްދުގެ ފޮޓޯތަކާއި، އެ ޒުވާނާ ބިންމަތީގައި ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
ވީޑިއޯއިން ފެންނަގޮތުގައި އެ ޒުވާނާ އޮތީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައެވެ. ހޯސްލާފައި ލޭ ފައިބަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އަދި އޭނާއަށް ކައިރީގައި ތިބި ބަޔަކު އެހީވާ މަންޒަރުވެސް ފެނެއެވެ.

އެ ތަނުގައި ސައިކަލެއް ވެއްޓިފައި އޮތް މަންޒަރުވެސް ފެނެއެވެ. ވުމާއެކު ބެލެވެނީ، އެ ޒުވާނާއަށް ބަޔަކު ހަމަލާދިނީ ސައިކަލް ދުއްވާފައި ދަނިކޮށް ކަމަށެވެ. މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ

މާލޭގައި ޒުވާނަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލިއިރު، މީގެ ދެ ދުވަސްކުރިން އައްޑޫ ސިޓީގައި ވަޅިން ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ސީރިއަސް ހާލުގައި މާލެއަށް ގެންގޮސް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

ޓެގު