English Edition
Dhivehi Edition

ބައިނަލް އަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅުވައިގެން ކައުންޓްލައިން އިން ރާއްޖޭގެ 43 ސްކޫލަކަށް ކޭކު ފޮނުވައިފިއެވެ.

މާލޭގެ 26 ސްކޫލަކަށާއި ހުޅުމާލޭގެ 5 ސްކޫލެއްގެ އިތުރުން ވިލިމާލޭގެ 2 ސްކޫލަކަށް އަދި އައްޑޫސިޓީގެ 10 ސްކޫލަކަށް ކައުންޓްލައިނުން މިއަދު ފޮނުވިީ ” ހެޕީޓީޗާސްޑޭ” ޖަހާފައިވާ ޗޮކްލެޓްކޭކެވެ.

ތަފާތު ވައްތަރުގެ ޗޮކްލެޓާއި ކޭކުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ މަޝްހޫރު ކައުންޓްލައިނުން ބުނީ މުދައްރިސުންގެ ދުވަހާ ގުޅިގެން ކޭކު ފޮނުވާފައިވަނީ ކައުންޓްލައިންގެ ފިހާރަ ހުންނަ ތަންތަނުގެ ސްކޫލްތަކަށް ކަމަށެވެ.

ސްކޫލްތަކުގައި ފާހަގަ ކުރާ ތަފާތު މުނާސަބާއާއި ގުޅިގެން އަބަދުވެސް ތަފާތު ގޮތްގޮތަށް އެހީތެރިވަމުން އަންނަ ކައުންޓްލައިނުން ބުނީ މިފަހަރު މިއީ ހަމަ މުދައްރިސުންނަށް ދިން ސަޕްރައިޒެއް ކަމަށެވެ. އަދި މިފަހަރު ސްކޫލްތަކަށް ފޮނުވީ ކައުންޓްލައިންގެ އާ ބްރޭންޑްތަކުގެ ކޭކުކަމަށާއި އޭގެ ތެރޭގައި މިލްކާ ، އޯރިއޯ، ކިޓްކެޓް އަދި ކޯޓެޑޯ ގެ ބްރޭންޑް ހިމެނޭނެ ކަމަށެވެ.