ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބުވެވަޑައިގަތުމާ އެކު، ޖަލުގައި ތިބި ބޮޑެތި ކުށްވެރިން އާ ގޮތަކަށް، މިނިވަންވަމުންދާކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ކުށްވެރިންތަކެއް އިސްލާހުވާން ގާނޫނުގެ ތެރެއިން ގޮތްތަކެއް ހަމަޖެހިފައިވުމަކީ އުފާކުރާނެ ކަމެއްކަމަށާއި ނަމަވެސް މިހާރު އަމަލުކުރަމުންދަނީ އެ އުސޫލާ ޚިލާފަށްކަމަށެވެ. “އާ ސަރުކާރުން މަސައްކަތް ކުރަން ޖެހެނީ ސިޔާސީ ބޭފުޅުންތަކެއް، ކުރެއްވި ޖިނާއީ ކުށްތަކަކުން އެ ބޭފުޅުން ދިފާއުކުރައްވަން އެކަންޏެއް ނޫން. އާއިލާތަކަށް އާމްދަނީ ހޯދައިދޭން ތިބި އެތައް ބަޔަކު ވެސް އެކި ކުށްތަކުގައި ޖަލަށް ލާފައި އެބަތިބި. އެ މީހުން ވެސް އިސްލާހުވާން ފުރުސަތު ހޯދައިދޭން ޖެހޭ” ހަލީލް ވިދާޅުވިއެވެ
މީގެ އިތުރުން ހަލީލް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ހައްގު ހޯދަން މަސައްކަތްކުރާ ފަދައިން ޖަލުތަކުގައި ތިއްބެވި އެހެން ބޭފުޅުންގެ ވެސް ހައްގުތައް ހޯދަން މަސައްކަތް ކުރައްވަން ޖެހޭނެކަމަށެވެ. އަދި އެ ފަރާތްތައްވެސް ކަފާލާތުގެ ދަށުން މިނިވަންކުރަންކުރަންޖެހޭނެކަމަށް ހަލީލް ވިދާޅުވިއެވެ
މީގެ އިތުރުން ހަލީލް ވިދާޅުވީ ޖަލުތަކުގައި ދެން ތިބި ކުށްވެރިން ވެސް ކަފާލާތުގެ ދަށުން މިނިވަންކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އެކަން ނުކުރާ ނަމަ، އިބޫ މަސައްކަތް ކުރައްވަނީ ވަކި ފަރާތެއްގެ ނުފޫޒުގައި ބަނދެވިގެން ހުންނަވައިގެން ކަމަށް ބުނެވޭނެ ޖާގަ އޮންނާނެ ކަމަށެވ