English Edition
Dhivehi Edition

ކޮަންމެ ފަސް ކުއްޖަކުން އެއްކުއްޖަކީ ސިއްރު އެކައުންޓް ތަކެއް ސޯޝަލް މީޑީއާގައި ބޭނުންކުރަމުންދާ ކުދިންކަމަށް ދާދިފަހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އެގޮތުންޔޫކޭގެ ސެކަންޑްރީ ސްކޫލްގެ ކުދިންތަކެއްގެ މެދުގައި ކުރެވުނު ސާވޭއެއްގައި ބުނެފައިވާގޮތުގައި 20،000 ސްކޫލް ދަރިވަރުން ވަނީ ފޭކް “އިންސްޓަގްރާމް” އެކައުންޓްތައް ބޭނުންކުރަމުންދާ ކަމަށް ބުނެފައެވެ. މީގެތެރޭގައި ހިމެނެނީ 11 އަހަރުންފެށިގެން 20 އަހަރާދެމެދު ކުދިންނެވެ.

މިސާވޭގައި ބައިވެރިވީ ދަރިވަރުންގެ ތެރެއިން %20 ދަރިވަރުން ބުނެފައިވަނީ އަސްލު ޕްރޮފައިލް ގައި އެއް އެކައުންޓް ހަދާފައި މައިންބަފައިންނަށް ސިއްރުން ފޭކް ދެތިން އެކައުންޓް އިތުރަށް ބޭނުން ކުރަމުންދާކަމަށެވެ. މިސާވޭއަށްފަހު ބެލެނިވެރިޔަކު ބުނެފައިވަނީ އޭނަގެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާގެ އިންސްޓަގްރާމް ފޭކް އެކައުންޓެއް ބޭނުން ކުރާކަން ފަޅާއެރުމުން ރަނގަޅަށް ބަލާލި އިރު އެކުއްޖާވަނީ ނުވެސްދައްނަ އެތައްބަޔަކާ އޭނަ “ރޭޕް” ކޮށް ދިނުމަށް އެދިފައެވެ.

ޑިޖިޓަލް އެވެއާނެސް ޔޫކޭ އަދި މިނިވަން ސްކޫލްތަކުގެ ހެޑްމާސްޓަރުން އަދި ހެޑްމިސްޓްރެސެސް ކޮންފަރެންސް (އެޗް.އެމް.ސީ) އިންކޮށްފައިވާ މި ދިރާސާ އިން ދައްކާގޮތުގައި 11 އަހަރާ 18 އަހަރާ ދެމެދުގެ ދަރިަވރުންގެ 40 އިންސައްތަ އަކީ ދެ ސޯޝަލްމީޑިއާ ޕްރޮފައިލް ގެންގުޅުނު ކުދިންނެވެ.

އެޗް.އެމް.ސީ ގެ ޗީފް މައިކް ބުޗަނާން، ވިދާޅުވެފައިވާ ގޮތުގައި އެހާގިނަ ޅައުމުރުގެ ކުދިން ބެލެނިވެރިންނާއި ޓީޗަރުންނަށް ނުފެންނާނެހެން އޮންލައިންކޮށް ޕްރޮފައިލްތައް ގެންގުޅުމަކީ ވަރަށްވެސް ކަންބޮޑުވާ މައްސަލައެކެވެ.

އިނގިރޭސި ވިލާތުގެ ފުލުހުން ބުނެފައިވާގޮތުގައި މިދިޔައަހަރު ޔޫކޭއިންނާ ވޭލްސް އިން 41150 ރޭޕް އަދި ކިޑްނެޕްގެ ކޭސްތައް ހުށަހެޅިފައި ވެއެވެ. ނަމަވެސް މި މައްސަލަތަކުން ތަހުގީގަށް އެއްބާރުލުން ލިބި މައްސަލަނިމިފައިވަނީ 2991 ކޭސްގެއެވެ.