English Edition
Dhivehi Edition

ޕީޕީއެމްގެ ކޮންގްރެސް ކުރިއަށް ގެންގޮސްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދާއި ޚިލާފަށް ކަމަށް އެޕާޓީގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް އަދި ރައީސް މައުމޫން ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

“ޕީޕީއެމް ޚާއްސަ ގޮތުން ބާއްވާ ގައުމީ ޖަލްސާ”ގެ ނަމުގައި އިއްޔެ ބޭއްވި ކޮންގްރެސްއާއި ގުޅޭގޮތުން ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ކުރިއަށްދިޔައީ ޕާޓީގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދުގައިވާގޮތައް ގޮފިތަކުން އިންތިޚާބުކުރާ މަންދޫބުން ހިމަނައިގެން ނޫންކަމަށެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ ގައުމީ ޖަލްސާ ބާއްވާފައިވަނީ އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމާއި، ޕާޓީގެ މުއައްސިސް އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ހުކުމްކޮށް ޖަލުގައި ބަންދުކުރައްވާފައިކަމަށެވެ.
ޕީޕީއެމުން ބޭއްވި ކޮންްގްރެސްގައި ޕީޕީއެމްގެ ރައީސަކަށް އެޕާޓީގެ މުސްތަޝާރުގެ މާގަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިޚާބުކޮށްފައެވެ. މީގެ އިތުރަށް ނާއިބުރައީސްގެ މަގާމަށް އާޒިމާ ޝަކޫރާއި، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި، ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ އިންތިޚާބުކޮށްފައެވެ.

އަދި ކައުންސިލަށް މެންބަރުންވެސް ވަނީ އިންތިޚާބުކޮށްފައެވެ.

ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމުގެ އިތުރަށް އަސާސީ ގަވާއިދަށް ބަދަލުގެނެސް، ހިންގާ ގަވާއިދަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.