English Edition
Dhivehi Edition

ތ. ތިމަރަފުއްޓަށް އުފަން ނަސްވާ، ދިލާވަރުގެ އަކީ ހަތްކުދިން ގޮވައިގެން ފޮނަދޫގައި ދިރިއުޅެމުންދާ މަންމައެކެވެ.

ނަސްވާ ފޮނަދޫގައި ދިރިއުޅެނީ ފޮނަދޫމީހަކާ ކައިވެނިކޮށްގެންނެވެ. ދެމަފިރިން ހަތް ކުދިން ގޮވައިގެން އުޅޭއިރު އެންމެ ހަނގު ކުއްޖާ އަކީ ހެދިބޮޑުވުމުގައި މައްސަލަތަކެއް ދިމާފެވައި ވާކުއްޖެކެވެ. ހަތް ކުދިންގެ ތެރެއިން މަރިޔަމް ފަރުހީން 5 އަހަރަކީ އެއާއިލާގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ.

ފަރުހީނަކީ އާއިލާގެ އެންމެންގެ ލޯބި ލިބެމުން އަންނަ ނުހަނު ހިތްވަރުގަދަ ކުއްޖެކެވެ. އެންމެ ތުއްތު އިރުންފެށިގެން އަވަސް އަވަހަށް ބަލި ވިޔަސް ފަހަކާ ޖެހެންދެން ފަރުހީން އައީ ސްކޫލަށް ވެސް ކިޔަވަން ދަމުންނެވެ. ނަމަވެސް ފަރުހީނަށް ދިމާވެފައިވާ ހެދިބޮޑުވުމުގެ ސިއްޙީ މައްސަލަ އަދި ފައިގައި ވަރު ނެތުމުން ބައެއްފަހަރު އުރައިގެން ތަންތަނަށް ގެންދަން ޖެހޭއިރު ސްކޫލުގައިވެސް ހުރެވޭވަރު ނުވުމުގެ ސަބަބުން ސްކޫލަށް ނުފޮނުވާ ކަމަށް ފަރުހީނުގެ މަންމަ ބުންޏެވެ.

ފަރުހީންގެ މަންމަ ނަސްވާ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ ނަސްވާ އަދި ފިރިމީހާ އަކީ ބީޓާ ތެލެސީމިއާ ކެރިއަރުން ކަމުގައި ވީހިނދު ފަރުހީނަށް އައީ އެންމެ ކުޑައިރުން ފެށިގެންވެސް ސިއްޙީ އެކި އެކި މައްސަލަ ތައް ދިމާވަމުންނެވެ. އެގޮތުން ފަރުހީން ތުއްތުއިރުންފެށިގެން ހުންނަކަމަށެވެ.

“ފަރުހީން ވަރަށް ގިނައިން ހުންއައިސް ބަލިވާނެ، ދެން ހެދިބޮޑު ވުމުގައި މައްސަލަތަކެއް އުޅޭހެން ހީވެގެން އެންމެ ފުރަތަމަ ޑޮކްޓަރަށްދެއްކީ މަލޭގަ. އޭރު ހިތުގައި ލޯވަޅެއްވެސް އިން އެކަމަކު މިހާރު އެކަންތައް ރަނގަޅު. ދެން އިންޑިއާ އަށްވެސް ދިޔައިން އެކަމަކު އޭރު ނޭނގޭ ކޮން މައްސަލައެއްކަން ހުރީ” ނަސްވާ ކިޔައިދިނެވެ.

ހެދިބޮޑުވުމުގެ މައްސަލަ ހުރުމުގެ ސަބަބުން ދެން ފަރުހީން ގޮވައިގެން މިއަހަރު ޖުލައި މަހު ނަސްވާ އިންޑިއާ ފުރިއެވެ. އިންޑިއާ އަށްގޮސް ކިމްސް ހޮސްޕިޓަލަށް ދައްކައިގެން އެކި ޓެސްޓް ތައް ހަދައި ފަރުހީނުގެ ބަލި ދަނެގަނެވުނެވެ. އިންޑިއާ އަށް ގޮސް އިތުރަށް ޓެސްޓުތަކެއް ހެދުމުން، ޑޮކްޓަރުން ވެސް ކަށަވަރު ކޮށްދިނީ، ހެދިބޮޑުވުމުގެ މައްސަލަ ހުރިކަމަށާއި އަވަހަށް ބޭސް ނުކޮށްފިނަމަ “ޑްވާފް ކުއްޖަކަށް” ފަރުހީން ވެދާނެ ކަމަށެވެ.

ނަސްވާބުނީ ޑޮކްޓަރު އިރުޝާދު ދެއްވީ ފަރުހީނަށް އުމުރުން 12 އަހަރު ވަންދެން “ހޯމޯނަލް” އިންޖެކްޝަން ޖެހުމަށެވެ. މި އިންޖެކްޝަންގެ އަގަކީ ދިވެހި ރުފިޔާއިންނަމަ 12000 ރުފިޔާއެވެ. މިފަރުވާއަކީ ރާއްޖެއިން ލިބެން ހުރިފަރުވާއެއް ނޫނެވެ. ނަސްވާ ވަނީ 25 ސެޕްޓެމްބަރ 2018 އިގަވެސް ފަރުހީން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ދައްކާފައެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް ވަނީ ފަރުހީންގެ ބައްޔަށް ފަރުވާ ކުރެވޭނީ އިންޑިއާ އިންކަމަށް ބުނެފައެވެ.

ނަސްވާ ބުނިގޮތުގައި ފިރިމީހާ މަސައްކަތްކޮށްގެން ލީބޭ ކުޑަ އާމްދަނީންނާއި އަދި އޭނަ ފޯއްޕެކެޓާއި ޖޫސްޕެޓީ ވިއްކައިގެން ލިބޭ އާމްދަނީން ހަތްކުދިންގެ ހަރަދާއި ގޭގެ ހަރަދު ކިރިޔާ ބެލެހެއްޓެނީއެވެ. “އާސަންދައިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެހީތެރިވެދޭ. މިއަހަރުގެ ޑިސެމްބަރ މަހުގެ ކުރިން އަނެއްކާވެސް އިންޑިއާ އަށް ދާން ޖެހޭ ފަރުހީން ގޮވައިގެން. އާސަންދައިން އެހީތެރިވެދެއްވިޔަސް، އެހާ ދިގުމުއްދަތަކަށް ބޭސް ފަރުވާ ކުރަން ޖެހޭއިރު، އެކޮޅުގައި ހުރުމާއި ކެއުން ވެސް އަޅުގަނޑުމެން ޖެހޭނެ ދެއްތޯ ހަމަޖައްސަން. އާސަންދައިން ހަމައެކަނި ދެނީ ބަލިމީހާގެ ބޭސްފަރުވާގެ ޚަރަދުތައް” ނަސްވާ ބުންޏެވެ.

ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައިވާ އުމުރުން ފަސް އަހަރުގެ މަރިޔަމް ފަރުހީން އަށް އެހީތެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓު ނަންބަރު 7730000190827 (އައިމިނަތު ނަސްވާ) އަށް ފައިސާ ޖަމާ ކޮށްދެއްވުން އެދެމެވެ.
ފަރުހީން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7393095 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު އޮޅުން ފިލުވުން އެދެމެވެ.

Ativador Windows 11