ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ގޮތް ނިންމާފައި ވަނިކޮށް ރައްޔިތުންގެ ނިންމުމާއި ކުޅެން މަސައްކަތް ކުރެއްވުމަކީ އެޅުއްވޭނެ އެންމެ ބޮޑު ޅަ އެތިކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކަންކަން ދިޔައީ ރަނގަޅަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކޮށްދީފައިވާއިރު، އަލުން ވޯޓޭ ކިޔައިގެން ހަމަ ނުޖެހުން އުފައްދަން މަސައްކަތް ނުކުރެއްވުމަށް އެދޭ ކަމަށެވެ..
އަމީން ވިދާޅުވީ ރައީސް ޔާމީނަށް އޮތީ ރީތިކޮށް މިކަން ނިންމަވާލައްވާފައި ގެއަށް ވަޑައިގަތުން ކަމަށެވެ. އަދި ރައްޔިތުން ރުޅި ނޭރުވުމަށް ގޮވާލައްވާކަމަށާ މިހާތަނަށްވެސް ރައީސް ޔާމީން ވަރަށް ގިނަ ޅަ އެއްޗެހި އަޅުއްވާފައިވާކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
ދިވެހި ރައްޔިތުން ގޮތް ނިންމައިފިކަމަށާ އެ ނިންމުން ދަމަހައްޓާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކުން ވަނީ ބުނެފައެވެ.