English Edition
Dhivehi Edition
ފޮޓޯ: އަވަސް

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ރައްޔިތުން މަޖިލީހުގެ މެންބަރު ފާރިސް މައުމޫން ދޫކޮށްލަން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ މިރޭ ކުރިއަށް ނުގެންދަން ނިންމައިފިއެވެ

މިބޭފުޅުން ކޯޓަށް ހާޒިރު ކުރި ނަމަވެސް އެބޭފުޅުންގެ މައްޗަށް ހުކުމެއް އައިސްފައިވާތީ ބަންދާއިމެދު ގޮތެއް ނިންމި ނަމަވެސް ހުކުމުގެ ބަންދު އޮންނާނެތީވެ، ކްރިމިނަލް ކޯޓުން އެބޭފުޅުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެންކަމުން އެބޭފުޅުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ރައީސް މައުމޫނާއި ފާރިސްގެ ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނާއި ފާރިސް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރީ މިނިވަންކުރުމާއި މެދު ގޮތެއް ނިންމާކަށް ނޫން ކަމަށެވެ.

“މިއަދު ހާޒިރު މިކުރީ ޙުކުމް ކުރުމުގެ ކުރިން އަޅުގަނޑުމެން އެބޭފުޅުންގެ ބަންދާއި މެދު ގޮތެއް ނިންމަން އެދުނު މައްސަލައިގައި. އެކަމާއި މެދު ގޮތެއް ނުނިންމުމުން ހިތާމަ ކުރަން.” މައުމޫން ހަމީދު ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ފާރިސް ކަފާލާތުގެ ދަށުން ދޫކޮށްލުން އެދިވެސް ވަކީލުން ވަނީ މީގެ ކުރިން ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. .