English Edition
Dhivehi Edition

ކޮލެސްޓްރޯލް ލެވެލް މައްޗަށް ދިޔުމަކީ އެއްވެސް އުމުރަކަށް އެހާރައްކާތެރި ކަމެއްނޫނެވެ. އާންމު ގޮތެއްގައި ކޮލެސްޓްރޯލް މަތިވުމުން ހިތްހުއްޓުމަށް މަގުފަހިވެއެވެ. ލޭގައި އާދަޔާޚީލާފަށް ކޮލްސްޓްރޯލް ގިނަވެއްޖެނަމަ ލޭގައި ގަނޑުކޮޅުތައް އުފެދި ސްޓްރޯކް ޖެހުމާއި ހިތްހުއްޓުމުގެ ފުރުސަތު ބޮޑުވެއެވެ.

އާންމު ގޮތެއްގައި އުމުރުން މައްޗަށް ދިޔުމުން ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް ފަރުވާތެރި ވުމަށް ޑޮކްޓަރުން އިލްތިމާސްކޮށް އަދި ކޮލެސްޓްރޯލް މަތިވެފައިވާނަމަ ކޮންޓްރޯލް ކުރުމަށް ބޭސްދެއެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ޒުވާން އުމުރުގައިި ނޭނގި ކޮލެސްޓްރޯލް މަތިވާން ފަށައިފިނަމަ އޭގެ ނުރައްކާ އުމުރުގެ ފަހުކޮޅުގައި %40 ބޮޑެވެ.

ކޮލެސްޓްރޯލް ގެ ނުރައްކާ ޒުވާނުންގެ ތެރޭގައި ވާމިންވަރު ދަނެގަންނަން ޑޫކް ޔުނިވާސިޓީ އިން ވަނީ ރީސާޗެއްހަދާފައެވެ. ގާތްގަޑަކަށް 1478 ޒުވާނުން ހިމަނައިގެން ފަނަރަ އަހަރުވަންދެން ހެދި ރީސާޗްގައި ދައްކާގޮތުގައި ބައިވެރިވި ޒުވާނުންގެ އުމުރުން 55 އަހަރުގައި ބެލިބެލުމުގައި %40 ބައިވެރިންގެ ކޮލެސްޓްރޯލް މަތިކޮށް ތިބި މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ވަނީ 15 އަހަރު ތެރޭގައި 16.5 ޕަސެންޓް މައްޗަށް ޖެހިފައެވެ.

ޒުވާން އުމުރުގައި ކޮލެސްޓްރޯލް ލެވެލް އާދައިގެ މިންވަރެއްގައި ހިފެހެއްޓި ޒުވާނުންނަށް 15 އަހަރު ތެރޭގައި އެއްވެސް ނުރައްކަލެއް ކުރިމަތިވެފައިނުވެއެވެ. މި ރީސާޗަށް ފަހު ޑޫކް ޔުނިވާނިޓީގެ ތަޖުރިބާ ކާރުން ބުނެފައިވަނީ ކޮލެސްޓްރޯލް މިންވަރު ޒުވާން އުމުރުގައި ކޮންޓްރޯލް ކޮށްގެން އުޅުން މުހިންމު ކަމަށާއި ކޮލެސްޓްރޯލްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ސަލާމަތް ވުމަށް ޒުވާން އުމުުރުގައި މަސައްކަތް ކުރުމުން އުމުރުގެ ފަހު ކޮޅުގައި މީހާ ދުޅަހެޔޮ ކަންމަތީގައި ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.