English Edition
Dhivehi Edition

ތިންވަނަ ރިޔާސީ އިންތިހާބުގެ މިހާތަނަށް ގުނާފައިވާ ވޯޓުގެ ކުރީގައި އުޅުއްވަނީ ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހްއެވެ. އިބޫ އިންތިހާބު ކާމިޔާބުކުރައްވާފައިވާ ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން މިހާރުވެސް ގެންދަވަނީ އިބޫ އަށް މަރުހަބާ އަށް ކިޔަމުންނެވެ.

ނަތީޖާ އާއި ގުޅިގެން އަހްމަދު ނިހާން ހުސައިން މަނިކު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މޮޅުވިޔަސް ދެރަވިޔަސް ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަނެވޭ ވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށެވެ.

މިއީ ދެ ކެންޑިޑޭޓުން ވާދަ ކުރައްވާ ފުރަތަމަ ރިޔާސީ އިންތިހާބު ވެސްވެ އެވެ. ރާއްޖޭގެ ހަތްވަނަ ރައީސްއަކު މިއަދު ނަގާ ވޯޓުން އެނގިގެންދާނެ އެވެ. މިފަހަރު ދެވަނަ ބުރަކަށް ދާން ނުޖެހޭނެ އެވެ.