9:17
ރިޔާސީ އިންތިހާބު 2018 ގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ 262135 މީހުންނަށެވެ. ހަވީރު، 16:00 އާއި ހަމައަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް، ގަޑި ޖެހޭއިރު ކިޔޫގައި ތިބޭ އެންމެންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ލިބޭނެ އެވެ
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ކެންޑިޑޭޓް ނަމްބަރު-01 އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކެންޑިޑޭޓް ނަމްބަރު-02 އިބްރާހިމް މުހައްމަދު ޞާލިހް އެވެ.