English Edition
Dhivehi Edition

2 ވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ “ހިޔާ” މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފިއެވެ.

“ހިޔާ އެކޮމްޕްލިޝް” މަޝްރޫޢުގެ މާސްޓާ ޕްލޭން އިއުލާން ކުރުމަށްބޭއްވި ޖަލްސާގައި ހައުސިންގް މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ހުޅުމާލޭގެ ފޭސް2ގައި އަޅާ ޓަވަރުތަކުގެ އިތުރުން، އިތުރު ޓަވަރުތަކެއް އެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން ފުލެޓު ހޯދުމަށް އެދި މިހާތަނަށް 18 ހާހެއްހާ މީހުން ހުށައަޅާފައިވާ ކަމަށެވެ. އަދި މި މަހުގެ ނިޔަލަށް ފޯމު ހުށައަޅާ ކޮންމެ ދިވެހި ރައްޔިތަކަށް ފުލެޓު ދޫކުރުމަށް ރައީސް ޔާމީން ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުޢިއްޒު ވިދާޅުވީ، “ހިޔާ އެކޮމްޕްލިޝްޑް”ގެ މަޝްރޫޢު ނިމިގެން ދާއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް ބޯހިޔާ ވަހިކަމުގެ ދަތިކަމާއި ދިވެހިން ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ. އަދި އާބާދީ އަށް ވުރެ ގެދޮރު އިތުރުވެ، ސެކަންޑު ހޯމެއް ހޯދުމުގެ އިޚުތިޔާރުވެސް ދިވެހިންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރު މުޢިއްޒު ވިދާޅުވިއެވެ.