ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ބައެއް މަރުކަޒުތަކުގައި ވޯޓު ގުނަން ފަށައިފި.
16:00 މިރޭ 7:00 އާ ހަމައަށް ވޯޓުލުން ދިގު ދައްމާލަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށް ޓީވީއެމްއިން ދާދިދެންމެ ރިޕޯޓްކޮށްފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ ދެލައްކަ ފަސްދޮޅަސް ދެހާސް އެއްސަތޭކަ ތިރީސް ފަސް މީހުންނަށް ވޯޓުލުމުގެ ހައްޤުލިބިފައިވެއެވެ. އަދި ވޯޓުލުމަށްޓަކާ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އާއި ރާއްޖޭއިން ބޭރުގެ 4 ޤައުމެއްގައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
13:18 ވޯޓުލުން ކުރިއަށްދާއިރު ވޯޓުލާ މަރުކަޒުތައް ހިމެނޭ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން.
ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެވެސް އާންމު ހާލަތު ރަނގަޅު- ފުލުހުން
13:33 ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި ވޯޓު ލުމުގެ ކަންކަން ކުރިއަށް ދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް. އަދި ވޯޓު ލުން ކުރިއަށް ދާއިރު ފާހަގަކުރެވޭ ކަންކަން، ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނޭ.
13:23 ހިއުމަން ރައިޓްސް ކޮމިޝަނުން ބުނާ ގޮތުގައި ވޯޓު ލުމުގެ ކަންކަން ކުރިއަށް ދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް. އަދި ވޯޓު ލުން ކުރިއަށް ދާއިރު ފާހަގަކުރެވޭ ކަންކަން، ކަމާ ބެހޭ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނޭ.
13:20 މާލެއާއި ރަށް ރަށުގައި ވޯޓުލުން ފެށިގެންކުރިއަށް ދާއިރު، ހުރިހާ ސަރަހައްދެއްގައި ވެސް އާންމު ހާލަތު ރަނގަޅުކަމަށް ފުލުހުން ބުނެފި.
13:14 އައްޑޫސިޓީގެ ހުރިހާ ސަރަހައްދެއްގައިވެސް އޮމާން ކަމާއެކު އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެެންދެވޭ ކަން ފާހަގަކޮށްލެވޭ.
ރިޔާސީ އިންތިޚާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ކުރިއަށް ދާއިރު އިންތިޚާބުގައި ވޯޓްލާން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައި.
ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވަވާ. އަދި 4:00 ގެ ކުރިން ކިޔޫއަށް އަރާތިބި މީހުންނަށް ވޯޓްލެވޭނެ ކަމަށްވެސް ވިދާޅުވެފައިވޭ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ 262135 މީހުންނަށް.
ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ކެންޑިޑޭޓް ނަމްބަރު-01 އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނީ ކެންޑިޑޭޓް ނަމްބަރު-02 އިބްރާހިމް މުހައްމަދު ޞާލިހް .