އެމްޑީޕީއިން ދީނަށް ލޯބިކުރާ މީހުން ރުއްސުމަށް އެޕާޓީގެ މެނިފެސްޓޯގައި ވާހަކަތަކެއް ހިމަނައި، ޢިލްމުވެރިން ރުއްސުމަށް ތެޅިފޮޅެމުންދާކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސެއިން މަނިކު ވިދާޅުވެއްޖެއެވެ
ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދީނީ ޢިލްމުވެރިންތަކެއް ރައީސާ ބައްދަލުކުރަން ދިއުމުން މަގުމަތީގައި އެމީހުންގެ އަގުވައްޓާލިކަމަށެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ އެމްޑީޕީއަކީ އެޕާޓީގެ ވެރިކަމުގައި ދިވެހިރައްޔިތުން ކުރިމަތީގައި ވަރަށް ސާފުކަން ބޮޑު ގޮތުގައި އިސްލާމްދީނުގެ ގިނަ ކަންކަމަށް ގޮންޖަހާފައިވާ ބައެއްކަމަށާއި އިސްލާމާއި ދިވެހި މާއްދާއަކީ މަޖުބޫރު ނޫން މާއްދާތަކަށް ހަނދަން މަސައްކަތްކުރި ބައެއްކަމަށެވެ.އެހެންކަމުން އެފަދަ ބައެއްގެ މެނިފެސްޓޯގައި ދީނީ ސިޔާސަތުގެ ގޮތުގައި ކޮންމެފަދަ އެއްޗެއް ލިޔަންވެސް ފަސްނުޖެހޭނެކަމަށް ނިހާންވަނީ ވިދާޅުވެފައެވެ
ނިހާންގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީއިން އަދި އެއްވެސް ވާހަކައެއް ދައްކާފައިނުވާއިރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންވެސް ވަނީ އިސްލާމްދީން ނޫން އެހެން ދީނެއް ރާއްޖޭގައި ނޮއޮއްނާނެކަމަށާއި އިސްލާމްދީން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ވިދާޅުވެފައެވެ