English Edition
Dhivehi Edition

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް، ސާފް ސުޒުކީ ކަޕް 2018 ގެ ޗެމްޕިޔަންކަން ހޯދުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޤައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދު ކުޅުނު ސާފް ސުޒުކީ ކަޕް 2018 ގެ ފައިނަލް މެޗުގައި އިންޑިޔާގެ ޤައުމީ ޓީމާ ވާދަކޮށް ދިވެހިރާއްޖެއިން ޗެމްޕިޔަންކަން ހޯދާފައިވަނީ 2-1 އިންނެވެ.

މިއަދުގެ މެޗުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ޓީމުގެ ކެޕްޓަން އަކްރަމް ޢަބްދުލްޣަނީއަށް ފޯނުން ގުޅުއްވައި ޓީމަށް ހިތްވަރުދެއްވާފައެވެ.

މި މެޗުން މޮޅުވެ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މިއީ މިއީ ރާއްޖެއިން ސަރަހައްދީ ފުޓްބޯޅައިގައި ތަށި ނެގި ދެވަނަ ފަހަރެވެ. ދިވެހި ރާއްޖެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބު ކުރީ 2008 ވަނަ އަހަރު އެވެ. އެފަހަރު ވެސް ގައުމީ ޓީމުން މި މުބާރާތް ކާމިޔާބު ކުރީ ފައިނަލް މެޗުގައި 1-0 އިން ކުރި ހޯދައިގެންނެވެ.