English Edition
Dhivehi Edition
ޝަހީދު ހުސައިން އާދަމް ބިލްޑިން-- ފޮޓޯ: މިހާރު

މަގުމައްޗަށް ވެއްޓިފައިއޮތް ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ އޮފިޝަލް ވެބްސައިޓްގައި ވިދާޅުވެފައިވަނީ، މިފައިސާތައް ފެނިފައިވަނީ މި އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޝަހީދު މުޙައްމަދު ޙުސައިން ހިނގުމުންކަމަށާއި ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާ ކަމަށެވެ

މިފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާއާ ހަވާލުވެލެއްވުން އެދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.