މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބައްދަލުވެ ލޯބި ވެވުނުގޮތް ނިކް ފޭނުންނަށް ފުރަތަމަ ފަހަރަު ހިއްސާކޮށްފިއެވެ.
“އެމެރިކަންޗެޓްޝޯ” އެއްގައިނިކް އަށް ޕްރިޔަންކާދެކެ ލޯބިވެވުނުގޮތް ކިޔާލަދެވިދާނެތޯ ކުރެވުނު ސުވާލުގައި އޭނާ ވަނީ ދެމީހުން ދިމާވެ ލޯބިވެވުނުގޮތް ފުރަތަމަ ފަހަރަށް ކިޔައިދީފައެވެ. ނިކް ބުނެފައިވާ ގޮތުގައި އޭނައާ އާ ޕްރިޔަންކާ އާދިމާވީ ރައްޓެއްސެއްގެ ފަރާތުންނެވެ. އެއަށްފަހު ދެމީހުން ގާތްރަހުމަތްތެރިންގެ ގޮތުގައި ދެމީހުން އެކަކު އަނެކަކަށް މެސްޖެކޮށް ހަދާކަމަށް ނިކް ބުންޏެވެ. ދެމީހުން މެސެޖް ކުރިނަމަވެސް ނިކްބުނީ ޕްރިޔަންކާ އާއި އެންމެފުރަތަމަ ބައްދަލުވީ މެޓްގަލާ އިން ކަމަށެވެ.
ޗެޓްޝޯގައި ނިކް އިތުރަށް ކިޔައިދިންގޮތުގައި މެޓްގަލާ އަށްފަހު ދެމީހުން ބައްދަލުވެ ވާހަކަ ދައްކާ ތަންތަނަށް ދާންފެށުމުން ދެމީހުންނަށް ލޯބި ވެވި ސީރިއަސް ރިލޭޝަންޝިޕަކަށް ދާންބޭނުންވީއެވެ. ނިކް ބުނެފައި ވަނީ އޭނައާ ޕްރިޔަންކާ ބައްދަލު ވުމާއެކު އެންމެ ފުރަތަމަވެސް އޭނައަށް އޭނަގެ އަސްލު ލޯބިވެރިޔާ ލިބުނުކަމުގެ އިހްސާސް ވުމާއެކު މި ދިރިއުޅުން އަވަހަށް ހަގީގަތަކަށް ހަދަން ބޭނުންވީކަމަށެވެ.
ނިކްއާޕްރިޔަންކާ އެންގޭޖްވެފައިވަނީ މިދިޔަ ޖުލައިމަގު ދެއާއިލާގެ މެމްބަރުންނާ އެކު އިންޑިއާގައި ބޭއްވި އިންޑިއަން ސަގާފީ ހަފްލާ އަކާއެކުއެވެ. ހަބަރުތައް ބުނާގޮތުގައި ނިކް އާ ޕްރިޔަންކާ ކައިވެނިކުރަނީ އަންނަ އަހަރު އެމެރިކާގެ ސްޓޭޓެއްކަމަށްވާ ހަވާއީގައި އެވެ.