English Edition
Dhivehi Edition

ރާއްޖެއަށް އަންނަމުންދާ ކޮންކްރީޓް ތަރައްޤީއާއިއެކު ދިވެހިންގެ ވިސްނުންވެސް ތަރައްޤީކުރަން ޖެހޭކަމަށާއި، މުޅި ދިވެހި ޤައުމުގެ ހައްޤުގައި ހުރިހާ ދިވެހިން ތެދުވަންޖެހޭކަމުގައި ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ލ. ފޮނަދޫއަށް ވަޑައިގެން ހައްދުންމަތީ ބޮޑުމަގާއި، ފޮނަދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ .މި ސަރުކާރުން ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީ ހަލުވިކަމާއިއެކު ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްކުރާ މަސައްކަތްކަމުގައެވެ .

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެން އަންނަ ދައުރެއްގައި ރާއްޖޭގެ އެކި ހިސާބުގެ ތަރައްޤީއަށް ރާއްވަވާފައިވާ ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، އެމަނިކުފާނު ވަނީ ދެން އަންނަ ދައުރެއްގެ ކުރީކޮޅު ހައްދުންމަތީ ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ބައިނަލްއަޤްވާމީ ފްލައިޓްތައް މި އެއަރޕޯޓްގައި ޖައްސާ ވަރަށް އެއަރޕޯޓް ތަރައްޤީކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި، މިކަމަކީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ހުޅުވިގެންދާ އިތުރު ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިކަމުގެ ސަބަބުން މި ސަރުކާރުން އެންމެ އިސްކަން ދެއްވާ އިންޓަގްރޭޓެޑް ޓުއަރިޒަމް ރާއްޖޭގައި އިތުރަށް ފުޅާކުރެއްވުމަށް އިތުރު ބާރަކަށް ވާނެކަން ވެސް ފާހަގަކުރެއްވިއެވެ.