އައްޑޫސިޓީ ހިތަދޫ ކުރީގެ އެމްޑީޕީ އޮފީސް ސަރަހައްދުގައި ހުންނަ “ކައްޓި ފިހާރަ” ގައި ރޯވެ އަނދައި ހުލިވެއްޖެއެވެ.
ރޭ ފަތިހު 4 ޖަހާކަށް ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް މުޅި ފިހާރަ ވަނީ އެއްކޮށް ރޯވެ އަނދައި ހުލިވެފައެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ފަތިހު 04:47 ހާއިރުގައި ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މި ފިހާރައިގައި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 05:25 ގައެވެ.
މިހާދިސާގައި އެ ފިހާރައިގެ 90 އިންސައްތަ ވަނީ އެއްކޮށް އަނދައިގެން ގޮސްފައެވެ. އަދި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. މި ހާދިސާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކައްޓި ފިހާރަކައިރީގައި މީގެ ކުރިން އެމްޑީޕީން ހިންގަމުން އައި އެޕާޓީގެ މައި އޮފީހުގައި އެކިފަހަރުމަތިން ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި މި ފިހާރައަށް ވެސް ބޮޑެތި ގެއްލުން ލިބެއެވެ.